އުމުރުން 7 އަހަރާ 8 އަހަރުގެ ދެ އަންހެން ކުދިން ޖާނުން ފިދާވެގެން ދެ ހަމަލާ ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އުމުރުން 7 އަހަރާ 8 އަހަރުގެ ދެ އަންހެން ކުދިން ޖާނުން ފިދާވެގެން ދެ ހަމަލާ ދީފި
އުމުރުން 7 އަހަރާ 8 އަހަރުގެ ދެ އަންހެން ކުދިން ޖާނުން ފިދާވެގެން ދެ ހަމަލާ ދީފިއެވެ. މިހަމަލާތަކުގައި އެކަކު މަރުވެ 19 މީހުން ވަނީ ޒަޚަމްވެފައެވެ.

ވަކިވަކިން ދިން މި ދެހަމަލާ ދީފައިވަނީ ނައިޖިރިއާގެ އުތުރު އިރުމަތީ ސަރަހައްދެއްގެ މާރުކޭޓުގައެވެ.

މަންޒަރު ދުށް މީހަކު ދެކުދިން ފޭބީ އޮޓޯ ރިކްޝޯއަކުން ކަމަށާއި ފައިބައިގެން ދިއައި އޭނާގެ ކުރިމަތިން ކަމަށެވެ. އަދި ދެކުދިންގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެންނަ ކަމަށެވެ. "ދެ ކުދިން އުޅުނު ގޮތުން ހީވީ އެމީހުންގެ މަންމަ ނުފެނިގެން އުޅުނުގެން. ދެން ފުނުނީ އެއް ކުއްޖަކު ކުކުޅު ވިއްކާ މީހަކާ ދިމާއަށް ދާތަން. ވަކިހިސާބަކަށް ކައިރިވެފަ އުނަގަނޑުގަ އޮތް ބެލްޓް ގޮއްވައިލީ."

މި ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދިން ބޭނުންކޮށްގެން މިބާވަތުގެ ހަމަލާތައް ދެމުން ގެންދަނީ ބޮކޯ ހަރަމުންނެވެ.
މިއަދު އޮންލައިން