"ޑިއަރ ޒިންދަގީ"ގެ ބޮޑު ކާމިޔާބާއެކު އާލިއާ ބަޓް ރާއްޖެއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
"ޑިއަރ ޒިންދަގީ"ގެ ބޮޑު ކާމިޔާބާއެކު އާލިއާ ބަޓް ރާއްޖެއަށް!
"ޑިއަރ ޒިންދަގީ"ގެ ބޮޑު ކާމިޔާބާއެކު މަޝްހޫރު ފިލްމީތަރި އަލިއާ ބަޓް މިހާރު ހުރީ ޗުއްޓީ ހޭދަކުރަން ރާއްޖޭގައެވެ.

އާލިޢާ ބަޓްގެ ބައްޕަ ފިލްމް އުފައްދާ މަޝްހޫރު މަހޭޝް ބަޓް މިއަދު ވަނީ ރާއްޖެއަށް ފުރަމުން ޢާއިލީ ފޮޓޯއެއް ޓްވީޓްކޮށްފައެވެ. އެ ފޮޓޯގައި އަލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން އާއި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ޝާހީން ބަޓްވެސް ފެނެއެވެ. އެހެންކަމުން މިއެންމެން މިހާރު ތިބީ ރާއްޖޭގައެވެ.

އާލިއަ ބަޓް ވަނީ ދާދި ފަހުން ޝާހީން އާއިއެކު އަމިއްލަ ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަލިއާ ބަޓް ބުނެފައިވަނީ އަންނަން އޮތް އޭނާގެ ފިލްމް ބްދްރިނާތް ކީ ދުލްހަނިއާ ޕްރަމޯޓް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ޢާއިލާ އާއިއެކު ޗުއްޓީއަކަށް ދާން ބޭނުން ކަމަށެވެ. ނަމަވެސް ދާނެ ވަކި މަންޒިލެއް އޮތީ ސިއްރުކޮށްފައެވެ.

އާލިއާ ބަޓް އަކީ ދިވެހިންގެ ގިނަ ބައެއްގެ ވެސް މަޤްބޫލްކަން ލިބިފައިވާ ތަރިއެކެވެ. ބޮލީވުޑްގެ ތަރިންގެ އެންމެ މަޤްބޫލް މަންޒިލަކަށް ރާއްޖެ ދަނީ ވަމުންނެވެ.

މިއަދު އޮންލައިން