އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އީޔޫ ނޫން ޤައުމުތަކުގެ ދަރިވަރުންގެ އަދަދު 300،000 އިން 100،000 އަށް މަދުކުރަން އިނގިރޭސި ޚާރިޖިއްޔާއިން މަސައްކަތް ފަށައިފިއެވެ.
ޚާރިޖިއްޔާއިން ބުނެފައިވަނީ މިއަދަދަށް މަދުކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި އަންނަ އަހަރު ވިސާ ދޫކުރާނީ 170،000 އަށް ދަރިވަރުންނަށް ކަމަށް ވެސް ވަނީ މައުލުމާތު ލިބިފައެވެ.
ބޭރު ޤައުމުތަކުން އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންގެ ސަބަބުން އެޤައުމުގެ އިޤްޠިޞާދަށް އަހަރަކު 14 ބިލިއަން ޕައުޏްޑް ލިބެމުން އަންނައިރު މި ބަދަލުގެ ސަބަބުން އިޤްޠިޞާދަށް މައްސަލަތަކެއް ކުރިމަތިވާނެއެވެ.
އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުން މިހާރުވެސް ވަނީ މިބަދަލާއިމެދު ކަންބޮޑުވުން ފައުޅުކުރަން ފަށައިފައެވެ.
އިނގިރޭސި ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ މި ބަދަލުގެ ސަބަބުން އިންޑިއާގެ ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް ފާހަގަކުރައްވައިފައެވެ.