ދެކުނު އިންޑިއާއަށް އަރައިގެން އުޅޭ ތޫފާން ވަރުދާގެ ސަބަބުން މިހައިތަނަށް 10 މީހުން މަރުވެއްޖެކަން ޔަޤީން ކުރެވޭ ކަމަށާއި މިހާރުވެސް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ތޫފާން ވަރުދާގައި 140 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެމުންދާއިރު އެހައިމެ ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ. މަގުތަކުގެ ދެފަރާތުގައި ހުންނަ ގަސްތައް ވަޔާއިއެކު ވެއްޓެމުންދާތީ ގިނަ އަދަދެއްގެ ވެހިކަލްތައް ދަނީ ގަސްތައްދަށުވެ ހަލާކުވަމުންނެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިހާރުވެސް އެތައް ސަތޭކަ ގެތަކެއް ވެސްތިފައިވާ ކަމަށާއި 18000 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައިޖެހިފައިވާ ކަމަށެވެ.
ދެކުނު އިންޑިއާއަށް ކުރަމުންދާ މިވިއްސާރައިގެ ސަބަބުން ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓާއި ފޯނުގެ ޚިދުމަތްވެސް ކެނޑިފައެވެ.
ދެކުނު އިންޑިއާއަށް މި ޠޫފާން ކުރިމަތިމިވީ މީގެ ކުރިން ކުރި މިފަދަ ވިއްސާރައިގައި ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށެވެ.