އެކަން ކަށަވަރުކޮށްދީ ޓްރަމްޕް މިއަދު ކުރި ޓްވީޓްގައި ބުނީ އޭނާގެ ޚާރިޖީ ވަޒީރަކަށް އެކްސޮން މޮބިލްގެ ޗެއަރމަން އަދި ސީއީއޯ ޓެކްސް ޓިލަރސަން ހަމަޖައްސައިފި ކަމަށެވެ. އަދި ޓިލަރސަން އަކީ ދުނިޔޭގެ އެންމެ މަތީފެންވަރުގެ ލީޑަރެއްގެ ގޮތުގައި ފެނިގެންދާނެކަމަށެވެ.
ޓިލަރސަން އަކީ ރަސިއާ އާއި ގާތް ގުޅުންތަކެއް ބާއްވަމުން ގެންދާ މަހުޖަނެކެވެ. ޓިލަރސަން ވަނީ އޭނާ އެކަން ޤަބޫލުކުރާކަން ހާމަކޮށްފައެވެ. އަދި އެމެރިކާގެ ކުރިއެރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާނެކަން ޔަޤީންކޮށްދީފައެވެ.
އެމެރިކާގެ އިދިކޮޅު ފަރާތްތަކުންނާއި ސިޔާސީ ވިސްނުންތެރިން ބުނަމުން ގެންދަނީ ޓިލަރސަން ހިމާޔަތްކުރާނީ އެމެރިކާގެ ހައްޤުތައް ނޫން ކަމަށާއި ރަސިއާގެ ކުރިއެރުން ކަމަށެވެ.
The thing I like best about Rex Tillerson is that he has vast experience at dealing successfully with all types of foreign governments.
— Donald J. Trump (@realDonaldTrump) December 13, 2016
I have chosen one of the truly great business leaders of the world, Rex Tillerson, Chairman and CEO of ExxonMobil, to be Secretary of State.
— Donald J. Trump (@realDonaldTrump) December 13, 2016