"އަހަރެމެން ކޯޓަށް ގެންނަ ކޮންމެ ދުވަހަކު އަހަރެމެންގެ ވޮލެޓްތައް ޗެކު ކުރެއެވެ. ޢާއިލާގެ މީހަކު ފައިސާ ދީފައިވާނަމަ އެ ފައިސާ ޖަލަށް ގެންދަން ލިބެނީ އެމީހުން ނަގާނެވަރަކަށް ނަގާފައި ބާކީ ހުރި ނަމައެވެ. އަތުގައި އަޅާފައި އޮންނަ ބިޑި ގިނަ ދުވަސްވެ ދަބަރު ޖެހުމުން ޢާ ބިޑިއެއް ލިބެނީވެސް ރިޝްވަތު ދިނުމުންނެވެ. ގެ ހުންނަ ސަރަހައްދުގެ ޖަލަކަށް ބަދަލުކޮށްދެނީވެސް ރިޝްވަތު ދިނުމުންނެވެ."
"އަހަރެންނަށް މެންދުރު ކާން ގެންނަނީ ގެއިންނެވެ. ކޮންމެ ހަފްތާއަކުވެސް ޑިޔުޓީ ބަދަލުވާތީ ޚާއްޞަ ކަންތައްތަކެއް ހަމަޖައްސަންޖެހެއެވެ. އެއީ ގެއިން ގެންނަ ކާއެތިކޮޅު ޖަލަށް ވެއްދުމަށެވެ. އެކަން ކުރެވެނީ ކޮންމެ ހަފްތާއަކު 500 ރުޕީސްގެ ރިޝްވަތެއް ދީގެންނެވެ."
"އަހަރެންގެ ބޮލުގައި އެޅިފައިވަނީ މީހަކު މެރުމުގެ ކުށެވެ. ނަމަވެސް އަހަރެންނަކީ އެކަންކުރި މީހެއް ނޫނެވެ. އަހަރެންނަކީ ހަމައެކަނި މަންޒަރު ފެނުނު މީހެކެވެ. ފުލުހުން އެތަނަށް އައިއިރުވެސް އަހަރެން ހުރީ ހަމަ އެ ސަރަހައްދުގައެވެ. ކަންބޮޑެއްވެސް ނުވެއެވެ. އަހަރެން ކުރި ކަމަކަށް ނުވާތީއެވެ."
"ފުލުހުން އަހަރެން ގެންދިއައީ ހެކި ބަސް ނެގުމުގެ ނަމުގައެވެ. ނަމަވެސް ކަންކަން ނިންމި އިރު އަހަރެން މިވަނީ ޖަރީމާ ހިންގި މީހާއަށް ހަދައި އަހަރެންގެ މައްޗަށް މައްސަލަ އަނބުރާލައިފައެވެ."
"ކުށްކުރި މީހާ ފުލުހުންނަށް އެނގެއެވެ. ހާޒިރުވެސް ކުރިއެވެ. ނަމަވެސް އޭނާއަކީ ފައިސާވެރިއަކަށްވާތީ އޭނާ އެވަނީ ސަލާމަތްވެފައެވެ. އޭނާގެ ބަދަލުގައި ފުލުހުން މިވަނީ އަހަރެން ހައްޔަރުކޮށްފައެވެ. އެތައް އަހަރެއްވީއެވެ. ޝަރިއަތުގެ އަޑުއެހުމެއް ބާއްވަނީ ކޮންމެ ދެ އަހަރަކުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ."
"ޖަލުތަކުގައި އެހެން މީހުންނާއި ނިކަން ވާހަކަ ދައްކައިލަ ބަލާށެވެ. ބައަކު ނިކަން މިކަންކަމުގެ ހަޤީޤަތް ހޯދަބަލާށެވެ. ޖަލުތަކުގައި މިއޮތް ރިޝްވަތުގެ ވަބާގެ އިތުރުން ޖަލުތަކުގައި ގިނައިން ތިބީ ކުށްވެރިންކަން ނުވަތަ އަހަރެން ފަދައިން ހައްޔަރުކޮށްފައި ތިބި މީހުންކަން ނިކަން އޮޅުންފިލުވަ ބަލާށެވެ."
3 ވަނަ ދުނިޔޭގެ ޤައުމުތަކުގައި ކަންކަން ހުރި ހާލަކީ މިއީއެވެ. ކިތަންމެ ރީތި ވާހަކަތަކެއް ސިޔާސީ މީހުންގެ ކިބައިން އަޑު އިވުނު ނަމަވެސް ހަޤީޤޤަތަކީ މިއީއެވެ.