ޓްރަމްޕްގެ ސަފީރުގެ އުންމީދަކީ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުމާ ވީހާ ގިނަ ގެ ފަލަސްޠީނު ބިމުގަ އެޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޓްރަމްޕްގެ ސަފީރުގެ އުންމީދަކީ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުމާ ވީހާ ގިނަ ގެ ފަލަސްޠީނު ބިމުގަ އެޅުން!
އެމެރިކާގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ޓްރަމްޕް އިޒްރޭލަށް ކަނޑައެޅި ސަފީރުގެ އުންމީދަކީ އިޒްރޭލުގައި ހުރި އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުމާއި ޔަހޫދީންގެ ވީހައި ގިނަ ގެތައް ފަލަސްޠީނުގެ ބިމުގައި އެޅުން ކަމަށް ޓްރަމްޕް އިޒްރޭލަށް ކަނޑައެޅި ސަފީރު ޑޭވިޑް ފްރީޑްމަން ބުނެފިއެވެ.

ޑޭވިޑް ފްރްރީޑްމަން އަކީ އިޒްރޭލުގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން ތާއީދުކުރާ އަދި ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ އާބާދީ ވީހައި އިތުރުކުރަން ބޭނުންވާ މީހެކެވެ.

އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅައި އަމަލުކުރާނަމަ ޔޫރަޕާއި އެމެރިކާގެ މެދުގައި އޮންނަ ގުޅުމަށާއި އެމެރިކާ އާއި އަރަބި ޤައުމުތަކާއިމެދުގައި އޮންނަ ގުޅުންތަކަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެއެވެ.

އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް ބަލައިލުމެއް ނެތި ޓްރަމްޕް ބުނެފައިވަނީ އޭނާގެ ސަފިރު މަސައްކަތްކުރާނީ އެމެރިކާ އާއި އިޒްރޭލުގެ ގުޅުން އިތުރަށް ބަދަހިކުރަން ކަމަށެވެ.

ޓްރަމްޕްގެ މިނިންމުމާއި ގުޅިގެން އިޒްރޭލުގެ މެދުމިނުގެ ޖަމާއަތްތަކުން މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެ ޖަމާއަތްތަކުން ބުނަމުން ގެންދަނީ ފަލަސްޠީނު ރުޅިއަރުވައި ފަލަސްޠީނުގެ ޙައްޤުތަކަށް އރައިގަންނަ ނަމަ އިޒްރޭލަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ. އަދި މިއީ އަލިފާން ނިއްވަން ޕެޓްރޯލް ޖަހަންވީ ވަގުތު ނޫން ކަމަށެވެ.

އެމެރިކާގެ ރައީސުންގެ ތެރެއިން ޖޯޖް ޑަބްލިޔޫ ބުޝް އާއި ބިލް ކްލިންގޓަންވެސް ވެރިކަމަށް އައީ އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރާނެ ކަމުގެ ވައުދާއިއެކުގައެވެ. ނަމަވެސް ވެރިކަމުގައި އެކަމަށް އަމަލުކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން