ސައުދިއަރަބިޔާގެ ރައްޔިތަކާއި ބިދޭސީއަކު ކައިވެނިކުރާނަމަ ޑްރަގަށް ޓެސްޓްކުރަންޖެހޭ ގޮތަށް ބިދޭސީން ސައުދީ ރައްޔިތުންނާއި ކައިވެނިކުރުމުގެ ޤަވާއިދު އިޞްލާޙްކޮށްފިއެވެ.
މިގޮތަށް ޤަވާއިދު އިޞްލާޙްކުރުމާއި ގުޅިގެން ހެލްތް މިނިސްޓްރީން މިހާރު ވަނީ މިކަން ހޮސްޕިޓަލްތަކަށްވެސް އަންގައިފައެވެ.
ސައުދިގައި މިގޮތަށް ޤަވާއިދު އިޞްލާޙްކުރީ ކައިވެންޏަށްފަހު ޑްރަގުގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށާއި ޑްރަގުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށެވެ.
ސައުދީ ސަރުކާރުން ބުނެފައިވަނީ ޑްރަގް ބޭނުންކުރާ މީހުންނާއި ކައިވެނިކުރުމުން ސައުދީ އަންހެނުންނަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ވަރަށް ދެރަ ނިކަމެތި ގޮތްތައް އަންހެނުންނަށް ކުރިމަތިވަމުން އަންނަ ކަމަށާއި މިހާލަތުން އަންހެނުން ސަލާމަތްކުރަން ޖެހޭތީ މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ކަމަށެވެ.