އިންޑިއަން އެއާފޮސްގައި މެސައްކަތްކުރާ މުސްލިމް ފިރިހެނުންނަށް ތުނބުޅި ނުބެހެއްޓޭނެ ކަމަށާއި ސިކުންނަށް ތުނބުޅި ބެހެއްޓޭނެ ކަމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
މިފަދަ ހުކުމެއް ކުރީ މުސްލިމް ބައެއް މުވައްޒިފުން ތުނބުޅި ބެހެއްޓުމުން މަޤާމުން ވަކިކުރުމާއި ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.
ކޯޓުން ބުނީ ސިކުންނަށް ތުނބުޅި ބެހެއްޓޭނެ ކަމަށާއި އެއީ ޤާނޫނުން އެކަން ހުއުދަކުރާތީ ކަމަށެވެ. ނަމަވެސް މުސްލިމުންނަށް ތުނބުޅި ނުބެހެއްޓޭނެ ކަމަށާއި އެއީ ޤާނޫނުން މުސްލިމުންނަށް އެހައްޤު ލިބިދީފައި ނުވާތީ ކަމަށެވެ.
"މުސްލިމް ފިރިހެނުންނަށް ތުނބުޅި ބެހެއްޓުމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ބުނި ނަމަވެސް އެކަން ކުރަން ޤާނޫނަކު ކަނޑައަޅާފައެއް ނެތް. އެހެންވީމާ އެއާ ފޯސްގައި މަސައްކަތްކުރާ މުސްލިމް ފިރިހެނުންނަށް ތުނބުޅި ބެހެއްޓޭނީ އިސްކޮށް ހުންނަ ކޮމާންޑަރަކު އެކަމަށް ހުއްދަ ދީފިނަމަ އެކަނި." ކަމަށް ވެސް ސްޕްރީމް ކޯޓުން ބުނެފައިވެއެވެ.