ޗައިނާގަ ޕޮލިޔުޝަން އިތުރުވުމުން 1200 ކާރުޚާނާ އާއިމެދު ފިޔަވަޅު އަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޗައިނާގަ ޕޮލިޔުޝަން އިތުރުވުމުން 1200 ކާރުޚާނާ އާއިމެދު ފިޔަވަޅު އަޅައިފި
ޗައިނާގައި ޕޮލިޔުޝަން އިތުރުވުމުން 1200 ކާރުޚާނާ އާއިމެދު ފިޔަވަޅު އަޅައިފިއެވެ. ޗައިނާއިން ބުނެފައިވަނީ މީގެ ތެރެއިން 700 ކުންފުނި އެކުގައި ބަންދުކުރަންޖެހޭ ކަމަށެވެ.

ބަންދުކުރަން އެންގި ކުންފުނިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދަގަނޑު އުފައްދާ ބޮޑެތި ކާރުޚާނާތައް ވެސް ހިމެނެއެވެ. އަދި ކާބޯތަކެތި އުފައްދާ ކާރުޚާނާތައްވެސް ހިމެނެއެވެ.

ބައެއް ކާރުޚާނާތަކަށް އަންގާފައިވަނީ އުފެއްދުންތެރިކަން މަދުކޮށްގެން ނަމަވެސް ކާރުޚާނާތަކުން ބޭރުވާ ދުން މަދުކުރުމަށެވެ. އަދި ތިމާވެށްޓަށް ގެއްލުން ނުލިބޭނެ ނިޒާމުތައް ބޭނުންކުރުމަށެވެ.

ރެޑް އެލަރޓް ދިން ކުންފުނިތަކުގެ ތެރޭގައި ޗައިނާގައި އެންމެ ގިނައިން އިންސްޓަންޓް ނޫޑްލްސް އާއި ކްރޭކަރސް އުފައްދާ ކުންފުނިތަކުގެތެރޭގައި ހިމެނޭ ކޮފްކޯ ފެކްޓްރީ ވެސް ހިމެނެއެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރަން ކުރާ މަސައްކަތްތަކުގައި އިސްދައުރެއް ޗައިނާއިން އަދާކުރާނެ ކަމުގެ ޔަޤީންކަން ޗައިނާގެ ރައީސް ޒީ ޖިންޕިން ވަނީ ދެއްވައިފައެވެ.
މިއަދު އޮންލައިން