30 ޤައުމު ބައިވެރިވާ ފޮތް މައުރަޒެއް ޖިއްދާގަ ހުޅުވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
30 ޤައުމު ބައިވެރިވާ ފޮތް މައުރަޒެއް ޖިއްދާގަ ހުޅުވައިފި!
30 ޤައުމު ބައިވެރިވާ ބޮޑު ފޮތް މައުރަޒެއް ސައުދިއަރަބިޔާގެ ޖިއްދާގައި ހުޅުވައިފިއެވެ. އެތައް ސަތޭކަ ފޮތް ސްޓޯލްތަކާއިއެކު ހުޅުވި މިމައުރަޒުގައި އެތައް ހާސް ފޮތްތަކެއް ވަނީ ބައިވެރިކޮށްފައެވެ.

މިފަދަ ފޮތް މައުރަޒްތައް ބާއްވަމުން ގެންދަނީ ޤައުމުތަކުގައި ޝާއިއުކުރާ ފޮތްތައް ވީހައި ފުޅާ ދާއިރާއެއްގައި އެހެން ޤައުމުތަކުގައި ވެސް އިޝްތިހާރުކޮށް ތައާރަފްވުމާއި ސަޤާފަތް އިތުރަށް ހާމަކުރުމަށެވެ.

މިފަދަ ފޮތް މައުރަޒްތައް ބޭއްވުމުން ޤައުމުތަކުގެ ޗާޕްޚާނާތަކުން ޗާޕްކުރާ ފޮތްތައް އެއް ތަނަކުން ފެނި ފޮތް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދެއެވެ. އަދި އާންމު އަގުތަކަށްވުރެ ހެޔޮ އަގުތަކުގައި ފޮތް ގަތުމުގެ ފުރުޞަތުވެސް ފަހިވެގެންދެއެވެ.

މީގެ ދެހަފްތާއެއްހައި ދުވަސްކުރިން ވަނީ މިފަދަ ފޮތް މައުރަޒެއް ޤަތަރުގައިވެސް ބާއްވާފައެވެ. އެ މައުރަޒް ހުޅުއްވައި ދެއްވީ ޤަތަރުގެ އަމީރެވެ. އެހެންކަމުން އަރަބި ޤައުމުތަކުން މިފަދަ މައުރަޒުތަކަށް ދެމުން ގެންދާ ސަމާލުކަން ހާމަވެގެންދެއެވެ.
މިއަދު އޮންލައިން