1.3 ބިލިއަން ރުޕީސްގެ މައްސަލައެއްގަ މަލަޔާލަމް ބަޠޮލާއެއް ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
1.3 ބިލިއަން ރުޕީސްގެ މައްސަލައެއްގަ މަލަޔާލަމް ބަޠޮލާއެއް ހައްޔަރުކޮށްފި
1.3 ބިލިއަން ރުޕީސް އިން އެތައް ބައަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލައެއްގައި މަލަޔާލަމް ފިލްމުތަކުގައި މަޝްހޫރު ބޮޠޮލާ އަދި މޮޑެލް ދަންޔާ މޭރީ ވަރުގީޒް ހައްޔަރުކޮށްފިއެވެ.

އޭނާ އާއިއެކު އޭނާގެ ފިރިމީހާ ޖޯން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނޮވެމްބަރު މަހު އޭނާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިއެންމެން ހައްޔަރުކޮށްފައި ވަނީ އެޕާޓްމަންޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެމީހުންނަށް ވިއްކަން ބުނި އެޕާޓްމަންޓްތައް ހަވާލުނުކުރުމުންނެވެ.

މިއަހަރުގެ މެދުތެރޭގައި ނިންމާނެ ކަމަށް ބުނި އެޕާޓްމަންޓްތައް އަދި ހުރީ ބިންގާއެޅި ގޮތަށެވެ. އިމަރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެހެންކަމުން ފައިސާ ދެއްކި މީހުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މަކަރާއި ޙީލަތް ހެދުމުގެ މައްސަލައެއްގެ ގޮތުގައެވެ.
މިއަދު އޮންލައިން