މަސްޖިދުލްއަޤްޞާއަށް ދާއިރު ގައިގަ ރަޖާ އޮޅުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަސްޖިދުލްއަޤްޞާއަށް ދާއިރު ގައިގަ ރަޖާ އޮޅުން މަނާކޮށްފި
މަސްޖިދުލްއަޤްޞާއަށް މުސްލިމުންދާއިރު ގައިގައި ރަޖާ ފަދަ ތަކެތި އޮޅައިގެން ދިއުން މަނާކޮށްފިއެވެ.

ފަތިސް ނަމާދަށް ދާއިރު މުސްލިމުން ގައިގައި ރަޖާ ފަދަ ތަކެތި އޮޅަނީ ފިނިކަމުން ސަލާމަތްވުމަށެވެ. އެގޮތަށް ދިއަ ނަމަވެސް މަސްޖިދުލްއަޤްޞާއަށް ވަދެވެނީ އިޒްރޭލުގެ ސިފައިން ޗެކުރުމުންނެވެ. އެހެންކަމުން މަގުމަތީގައި ދާއިރު ރަޖާފަދަ ތަކެތި އޮޅައިގެން ދިއުން މަނާކުރަންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. މަސްޖިދުލްއަޤްޞާއަށް ނޫންތަނަކަށްދާނަމަ ގައިގައި ރަޖާ އޮޅުން ހުއްދައެވެ. މަގުމަތީގައި ފިނިއިރު ރަޖާ ފަދަ ތަކެތި އޮޅައިގެން އުޅުމަކީ އިޒްރޭލުގައިވެސް ޢާންމު ކަމެކެވެ.

މުސްލިމުންނަށް ފަތިހު ބަސް ދަތުރުކުރުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. މަސްޖިދުލްއަޤްޞާއަށް ދިއުމަށް ބަހަށް އެރުމުން އެ ސަރަހައްދަށް މަޑުނުކޮށް ދުރު ސަރަހައްދުތަކަށް ބަސް މަޑުކުރުމަކީ އިޒްރޭލުގައި ވަރަށް ޢާންމު ކަމެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އިޒްރޭލުގެ މިފަދަ އަނިޔާވެރިކަންކަމާއިމެދު ކިތަންމެ ގިނައިން އަޑު އުފުލި ނަމަވެސް މުސްލިމުން ރުޅި އެރުވުމަށް އިޒްރޭލުން ކުރާ މިފަދަ އަމަލުތައް ގެންދަނީ އިތުރުކުރަމުންނެވެ.
މިއަދު އޮންލައިން