ސަރުކާރުގެ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި އަނބީމީހާ ހިލޭ ފިރިހެނަކަށް "ވިއްލާން" އުޅުމުން ސަރުކާރުގެ އިސްމީހާގެ ބަނޑުކޮޅުގައި ފައިން ޖެހުމަށްފަހު އެކަމުން އަންހެން މީހާ ސަލާމަތްވެއްޖެއެވެ.
ދިއްލީއަށް ނިޞްބަތްވާ ޒުވާން ދެމަފިރިއަކު، އަނބިމީހާގެ ރައްޓެއްސަކާއި ބައްދަލުކުރީ ފިރިމީހާއަށް ސަރުކާރުގެ ވަޒީފާއެއް ޙޯދުމުގެ ބޭނުމުގައެވެ. ބައްދަލުވުމުގައި ފިރިމީހާ އޮފީހުގެ ކޮޓަރިން ނެރުމަށްފަހު އޮފިޝަލް ބުނީ ވަޒީފާ ހަމަޖައްސައިދެވޭނީ އޭނާ އާއިއެކު ރޭކުރުމުން ކަމަށެވެ.
"އެހެންކަމަށްވާނަމަ ވަޒީފާ ބޭނުމެއް ނޫން. ހޯދައިދޭނެ ކަމެއް ނެތް. ވަރަށް ބޮޑަށް ޝުކުރިއްޔާ" އެވެ ބުނެފައި އަނބިމީހާ ކޮޓަރިން ނުކުތީ ރޮމުންނެވެ. އަނބިމީހާ ނުކުތުމުން ފިރިމީހާ ކޮޓަރިއަށް ވަދެ އޮފިޝަލް ބުނިހައި ކަމެއް ކުރަން އެއްބަސްވީއެވެ. ކޮންމެ ގޮތަކުން ނަމަވެސް ވަޒީފާ ހޯދުމުގެ ބޭނުމުގައެވެ.
އޮފިޝަލްގެ ރޭވުމުގެ ތެރެއިން ވަޒީފާއަށް އިންޓަރވިޔުކުރުމުގެ ބަހަނާގައި ފަހުގެ ތާރީޚެއްގައި ދެމަފިރިން ސަރުކާރުގެ ހޮޓަލަކަށް ގެންދިއައެވެ. އަދި ރޭގަޑު އޮފިޝަލް ކޮޓަރިއަށް ވަދެ ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރިއެވެ. އެއިރު ފިރިމީހާ ވަނީ އެއްޗެއް ގަންނަން ކަމަށް ބުނެ ކޮޓަރިން ބޭރަށް ގޮސްފައެވެ.
މިއީ ފިރިމީހާ އާއި އޮފިޝަލް ގުޅިގެން ހިންގާ ޖަރީމާއެއްކަން އެނގުމުން މަޑުކޮށްލައިގެން ކުޑައިރުކޮޅަކު އޮތުމަށްފަހު ނުރައްކާތެރި ހިސާބަށް ކަންކަން ދާން އުޅޭކަން ޔަޤީންވުމުން އޮފިޝަލްގެ ބަނޑުކޮޅުގައި ފަޔަށް ލެވުނުހައި ބާރެއްލުމަށްފަހު ޖަހައި އެނދުން ވައްޓައިލުމަށްފަހު ކޮޓަރިން ނުކުމެގެން އޭނާގެ އާއިލާގެ މީހުން ކައިރިއަށް ދިއައީއެވެ.
އަނބިމީހާ ހޯދަން ފިރިމިހާ ގެއަށް ދިއުމުން ބުނީ "ކަލެއަކީ ކަލޭގެ އަމިއްލަ އެދުންތައް ހާޞިލުކުރުމަށް އަނބިމީހާ ވިއްކައިލި މީހެއް" ކަމަށާއި ތިއަ ފަދަ މީހަކާއިއެކު އިތުރަށް ދިރިއުޅެން ބޭނުން ނުވާ ކަމަށެވެ. އަންހެން ކުއްޖާގެ ޢާއިލާއިން އެދުނީ އަވަހަށް ވަރީގެ ކަންތައް ހަމަޖައްސައިދިނުމަށެވެ.