އައިއެސްގެ ލީޑަރު އަބޫބަކުރު އަލްބަޣްދާދީ ހައްޔަރުކުރެވޭފަދަ ަމައުލޫމާތެއް ދިން މީހަކަށް އެމެރިކާއިން 25 މިލިއަން ޑޮލަރު ދޭން ހުށަހަޅައިފި އެވެ.
އެމެރިކާ އިން މީގެ ކުރިން ވަނީ އޭނާ ހައްޔަރުކުރެވޭވަރުގެ މައުލުމާތެއް ދިން މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް ހުށަހަޅައިފައެވެ. އެހެންކަމުން މިފަހަރު ހުށަހަޅާފައި މިވަނީ ކުރިން ހުށަހެޅި އިނާމަށްވުރެ 150 އިންސައްތަ އިތުރު އަދަދެކެވެ.
އޭނާ ހުރިތަނެއްގެ މައުލުމާތު ދިނުމުގެ އިތުރުން އޭނާ ހައްޔަރުކުރި ބައަކަށްވެސް 25 މިލިއަން ޑޮލަރު ދޭނެކަން އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.
އެމެރިކާއިން ބުނެފައިވަނީ ބަޣްދާދީއަކީ މިހާރު އެތައް ހާސް ބައެއްގެ ޤާޠިލު ކަމަށާއި އައިއެސް އިން މެރިމީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނޭ ކަމަށެވެ.