މުޖުތަމައު ކުރިއެރުވޭނީ އިންސާނުންގެ ކަރާމާތް ގެއްލުވައިލާ ޑްރަގުގެ ވަބާއިން ސަލާމަތްކުރެވިގެން: ޕްރިންސް ނާއިފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މުޖުތަމައު ކުރިއެރުވޭނީ އިންސާނުންގެ ކަރާމާތް ގެއްލުވައިލާ ޑްރަގުގެ ވަބާއިން ސަލާމަތްކުރެވިގެން: ޕްރިންސް ނާއިފް
މުޖުތަމައު ކުރިއެރުވޭނީ އިންސާނުންގެ ކަރާމާތް ގެއްލުވައިލާ ޑްރަގުގެ ވަބާއިން ސަލާމަތްކުރެވިގެން ކަމަށް ސައުދިއަރަބިޔާގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ކްރައުން ޕްރިންސް މުޙައްމަދު ބިން ނާއިފް ވިދާޅުވެއްޖެއެވެ.

ސައުދީގެ ނޭޝަނަލް ކޮމިޝަން ފޮރ ޑްރަގްސް އިން އިންތިޒާމުކުރި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ޕްރިންސް ނާއިފް ވިދާޅުވީ ޑްރަގް ބޭނުންކުރުމަކީ އިންސާނުންގެ ކަރާމާތް ގެއްލި ހަޑިމުޑުދާރު އަމަލުތައް ކުރުން އާދަވެ އަދި އެފަދަ އާދަތަކާއި އާދަތައް އަށަގަންނަ ވަރަށް ނުރައްކާތެރިކަން ބޮޑު ކަމެއް ކަމަށެވެ.

ޮްރިންސް ނާއިފް ވިދާޅުވީ ސައުދިއަރަބިޔާ އަކީ ޑްރަގުގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޑްރަގުގެ ވަބާއިން ސަލާމަތްވެވޭނީ މުއައްސަސާތަކާއި އަމިއްލަ ޖަމާއަތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ.

ސައުދިއަރަބިޔާއަށް އެތެރެކުރާ ޑްރަގު އަތުލައިގަތުމަށް ކަސްޓަމާއި އެހެން މުއައްސަސާތަކުންނާއި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށާއި ބޮޑު ކާމިޔާބީއަށް ޕްރިންސް ނާއިފް ވަނީ ތައުރީފްކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު އޮންލައިން