އުރުދުންގަ ޓެރަރިސްޓް ހަމަލާއެއް ދީ 10 މީހުން މަރައި 27 މީހުން ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އުރުދުންގަ ޓެރަރިސްޓް ހަމަލާއެއް ދީ 10 މީހުން މަރައި 27 މީހުން  ޒަޚަމްކޮށްލައިފި
ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އުރުދުންގެ އަވަށެއް ކަމަށްކަރަކުގައި ޓެރަރިސްޓުންގެ ބައަކު ފިލައިތިބެ ބަޑިޖެހުމުގެ ސަބަބުން 10 މީހުން މަރުވެ 27 މީހުން ޒަޚަމްވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށްގެން ކަމަށްވުމުން މަރުވި މީހުންގެ ތެރޭގައި 7 ފުލުހުން ހިމެނެއެވެ. އަދި މަރުވި ޢާންމުންގެތެރޭގައި ފަތުރުވެރިއެއް ކަމަށް ކެނެޑާގެ ރައްޔިތަކުވެސް ހިމެނެއެވެ.

އާދީއްތަ ދުވަހު އުރުދުންގެ ގިނަ އަދަދެއްގެ ޕޮލިސް ޕޯސްޓްތަކަށް ވަނީ ޓެރަރިސްޓުން ހަމަލާދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމަލާތައް ދީފައިވަނީ ފަތުރުވެރިން އެންމެ ގިނައިން ގޮސްއުޅޭ ސަރަހައްދުތަކުގައެވެ.

ކަރަކުގައި ދިން ހަމަލާގައި މަޝްހޫރު ކުރުސޭދަރ ކާސްޓްލްއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހަމަލާދިން މީހުންނާއި ފުލުހުންނާއިމެދު 7 ގަޑިއިރު ވަނީ ހަމަލާތައް ބަދަލުކޮށްފައެވެ. އެހެންކަމުން އެ ވަގުތުތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ތިބެންޖެހުނީ ކާސްލްއިިން ނުނުކުމެވިފައެވެ.

މިހަމަލާތަކާއި ގުޅިގެން އުރުދުންއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާ ސައުދިއަރަބިޔާއިން ވަނީ ޓެރަރިސްޓުންގެ ކިބައިން އުރުދުން ސަލާމަތްކުރުމަށް ކޮށްދެވެން ހުރި ހުރިހައި ކަންކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.
މިއަދު އޮންލައިން