މިޔަންމާއިން މުސްލިމުންނާއިމެދު ހިންގަމުން ގެންދަނީ ބޮޑެތި ޖަރިމާތަކާއި ޤަތުލްއާންމުތައް ކަމަށް މިޔަންމާގެ ޔަންގޫންގައި ކުރިއަށް ގެންދިއަ ސަރަހައްދުގެ ޚާރިޖީ ވަޒީރުންގެ ޖަލްސާއެއްގައި މެލޭސިޔާގެ ޚާރިޖީ ވަޒީރު އަނިފާޙް އަމާން ވިދާޅުވެއްޖެއެވެ.
އަނިފާޙް ވިދާޅުވީ މިޔަންމާގެ ރައްޔިތުންގެ އިތުރުން މިޔަންމާގެ ސިފައިން މިފަދަ ބޮޑެތި ޖަރީތައް ހިންގަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "މުސްލިމުންނަށް ހަމަލާދީ މަރަނީ. ގެދޮރު އަންދަނީ. އަލިފާން އެނދުމަށް ދަރަށް އުކަނީ ދިރިތިބި މުސްލިމުން. އަންހެނުންނާއި ކުޑަކުދިންގެ އިއްފަތް ފޭރެނީ. ކޮން ކަމެއް މިޔަންމާގެ ސިފައިން ނުކުރަނީ."
މިނިސްޓަރުގެ ވާހަކަފުޅުތައް ދޮގުކުރާކަމަށް އަންސޫކީ ބުނުމުން މިނިސްޓަރު ވިދާޅުވީ އަންސޫކީ ބުނާ ގޮތުން ދުނިޔެވެސް ހަދަނީ ހުސް ދޮގު ކަމަށާއި އަންސޫކީ ދައްކާ ވާހަކަ ޤަބޫލުކުރާ ބައަކު މިހާރު ނެތް ކަމަށެވެ. "މިޔަންމާގެ އަނިޔާވެރިކަން ބޮޑުކަމުން މުޅި ސަރަހައްދަށް މިހާރު މިވަނީ ބޮޑު މުޞީބާތަކަށްވެފަ. ބޯޑަރުތަކުގެ ސަލާމަތަށް މިވަނީ ނުރައްކާވެފަ."
މިޔަންމާގެ ސިފައިންނާއި ރައްޔިތުން މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޤަތުލުއާންމުތަކާއި ޖަރީމާތަކުގެ ޚަބަރުތައް ދުނިޔޭގެ މީޑިއާތަކުން ގެންދަނީ ހާމަކުރަމުންނެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން ހުކުރު ދުވަހު އެމްނެސްޓީ އިންޓަރނޭޝަނަލުންވެސް ވަނީ ރިޕޯޓެއް ޢާންމުކޮށްފައެވެ.