މަރަންޖެހޭ ކުށްވެރިންގެ ތެރެއިން މަދުވެގެން ކޮންމެ ދުވަހަކު 7 މީހުން މަރައި ހުސްކުރަންޖެހޭނެ: ރޮޑްރިގޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަރަންޖެހޭ ކުށްވެރިންގެ ތެރެއިން މަދުވެގެން ކޮންމެ ދުވަހަކު 7 މީހުން މަރައި ހުސްކުރަންޖެހޭނެ: ރޮޑްރިގޯ
ފިލިޕިންސްގެ ޖަލުތަކުގައި ތިބި ކުށްވެރިންގެ ތެރެއިން މަރުގެ އަދަބު ދިނުމަށް ޙުކުމްކޮށްފައިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 7 މީހުން މަރައި ހުސްކުރަންޖެހޭނެ ކަމަށް ރައީސް ރޮޑްރިގޯ ވިދާޅުވެއްޖެއެވެ.

ރޮޑްރިގޯ ވިދާޅުވީ ކުށްވެރިން މެރުމަށް ބަޑިޖެހުމުން އެއީ އިސްރާފުކުރެވޭ ވަޒަނެއް ކަމަށާއި މަރަންޖެހޭނީ އެންމެ ޚަރަދުކުޑަކޮށް، ދަން ޖައްސައިގެން ކަމަށެވެ. "ދުނިޔެ ކަންބޮޑެއް ނުވޭ އެމީހުން ކުށްކުރާތީ. ދެން ކީއްވެ ކުށްވެރިންނަށް އަދަބު ދިނިމާ ކަންބޮޑުވާންޖެހެނީ."

ރޮޑްރިގޯގެ ވާހަކަފުޅާއި ގުޅިގެން ފިލިޕިންސްގެ ކްރިސްޓިއަން ދީނީ ޖަމާއަތްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ފިލިޕިންސްގައި 2006 ވަނަ އަހަރު ވަނީ މަރުގެ އަދަބު ދިނުން ހުއްޓާލައިފައެވެ. ރޮޑްރިގޯ ވަނީ އަލުން މަރުގެ އަދަބު ދޭން ފެށުމަށް ޕާލަމެންޓަށް ފޮނުވައިފައެވެ. ލަފާކުރެވޭ ގޮތުން ޖަނަވަރީ މަހު އެކަން ހުއްދަކުރާނެއެވެ.

މަސްތުވާ ތަކެތިން ފިލިޕިންސް ސަލާމަތްކުރުމަށް ރޮޑްރިގޯގެ ސަރުކާރުން ހިންގާ އޮޕަރޭޝަންތަކުގައި މިހާރުވެސް ވަނީ 6000 އަށްވުރެ ގިނަ މީހުން މަރައިފައެވެ. ރޮޑްރިގޯ ވިދާޅުވަނީ އެމީހުންނަށް ދޭނެ ފަރުވާއެއް ނޯންނާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުން މަރައި ހުސްކުރުން ކަމަށެވެ. "ކަލޭމެން ކީއްކުރަން މަސްތުވާ ތަކެތި ބޭނުން ކުރަނީ. ބޭނުން ނުކުރީމަ. މަސްތުވާތަކެތި އެތެރެ ނުކުރީމަ ފުލުހުން ނުހިންގާނެ އޮޕަރޭޝަނެއް." ރޮޑްރިގޯ ވިދާޅުވެފައިވެއެވެ.

ރޮޑްރިގޯ ވިދާޅުވީ އެ ޤައުމުގައިތިބި މަސްތުވާތަކެތި ބޭނުންކުރާ މިލިއަނަކަށްވުރެ ގިނަ ރައްޔިތުން މަރަން ތައްޔާރު ކަމަށެވެ.
މިއަދު އޮންލައިން