މައްސަރުކަންތައް ޖެހުމުން ހަޓެއްގައި ބަންދުކޮށްފައި އިން އުމުރުން 15 އަހަރުގެ ރޮޝާނީ ތިރުވާ ހަޓުގައި މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ނޭޕާލްގެ އަރްޗަމް ޑިސްޓްރިކްޓްގައެވެ.
ނޭޕާލްގައި އަމަލުކުރާ ހިންދީ ބައެއް އާދަކާދަތަކުގައި އޮންނަނީ އަންހެން ކުދިންނަށް މައްސަރުކަންތައް ޖެހުމުން ހަޓެއްގައި އެކަހެރިކޮށް ބަންދުކޮށްފައި ދުވަސްތަކެއް ވަންދެން ބެއިންދުމަށެވެ. އަދި އެތަނަށް ގިނަ އަދަދެއްގެ ގެރި ގުއި އަޅާފައި ބެހެއްޓުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުއްޖާ މަރުވީ ގެރިގުއީގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށް ބެލެވެއެވެ.
މިއާދަކާދައަށް އަމަލުނުކުރަން މީގެ 10 އަހަރުކުރިން ވަނީ އަމުރުނެރެފައެވެ. ނަމަވެސް ބައެއް މީހުން ދީން ދެކެ ލޯބިވާވަރުން އަދިވެސް މިފަދަ އަމަލުތައް ކުރެއެވެ.