ލަންކާއިން ފޮނިތޮށި ގަންނައިރު ސަމާލުވޭ! ފޭކް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ލަންކާއިން ފޮނިތޮށި ގަންނައިރު ސަމާލުވޭ! ފޭކް ވަރަށް ގިނަ!
ސްރީލަންކާއިން ފޮނިތޮށި ގަންނައިރު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިއްޖެއެވެ. "ފޭކް" ފޮނި ތޮށި ބާޒާރުގައި ވަރަށް ގިނައެވެ.

ސްރީލަންކާއަށް ވަނީ އެތައް ބައިވަރު ކޮންޓޭނަރެއްގެ "ކައްސާ ފޮނިތޮށި މަޑަގަސްކަރަ އިން އެތެރެކޮށްފައެވެ.

ކައްސާ ފޮނިތޮށްޓަކީ ބަލާބެލުމަށް ލަންކާގެ އުފެއްދުންތަކާއި ވަރަށް އެއްގޮތް ބާވަތެކެވެ. ނަމަވެސް ފެންވަރުގެ ގޮތުން ވަރަށް ދަށް ބާވަތެކެވެ.

ސްރީލަންކާގެ ފޮނިތޮށްޓަކީ ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ މަޝްހޫރު ބާވަތެކެވްެ. އެހެންކަމުން ސަރުކާރުން މިހާރު ވަނީ ކައްސާ ފޮނިތޮށި ލަންކާއަށް އެތެރެކުރުން މަނާކޮށްފައެވެ. ނަމަވެސް އެތެރެކޮށްފައިވާ ކައްސާ ފޮނިތޮށި ބާޒާރުގައި ވަރަށް ގިނައިން އެބަހުއްޓެވެ.

ޕްރައިމަރީ އިންޑަސްޓްރީޒް މިނިސްޓަރ ދާޔާ ގަމަގެ ވިދާޅުވީ ކައްސާ ފޮނިތޮށި އެތެރެކުރުން މަނާކުރަން ސަރުކާރުން ނިންމީ އެއިގެ ސަބަބުން ލަންކާގެ ފޮނިތޮށަށް ދުނިޔޭގެ ބާޒާރުގައި ލިބިފައިވާ އަގު ގެއްލިގެންދާނެތީ ކަމަށެވެ.
މިއަދު އޮންލައިން