ކްލިނިކް ބިލް ދެއްކެން ނެތުމުން ކްލިނިކްގެ ވެރި ޑޮކްޓަރު، 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކްލިނިކް ބިލް ދެއްކެން ނެތުމުން ކްލިނިކްގެ ވެރި ޑޮކްޓަރު، 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި
ހާލު ސީރިއަސްވެގެން ކްލިނިކަކަށް ދެއްކުމުން ދައްކަން ޖެހުނު ބިލް ދެއްކޭނެ ގޮތެއް ނެތުމުން ކްލިނިކްގެ ވެރި ޑޮކްޓަރު 16 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ދަމާ ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޖައްމޫގެ އެންމެ ފަޤީރު އަވަށްތަކުގެ ތެރެއިން އަވަށެއް ކަމަށްވާ ރަގުނަތާ ވިލެޖުގައެވެ.

އަންހެން ކުއްޖާ ކްލިނިކަށް ގެންދިއައީ ކެއްސާތީ ބޯ ބޭހެއްކަމަށް ހީކޮށް ވިހައެއް ބޮވުމުން ކެއްސައި ނޭވާލާން އުނދަނގޫވެގެންނެވެ. ގެންދިއުމުން ކްލިނިކުގައި ބާއްވައި ފަރުވާ ދެމުން ގޮސް އެރޭ ދަނވަރު އަންހެން ކުއްޖާ ކައިރިއަށް ގޮސް އެދުނީ ބިލް ދެއްކުމަށެވެ.

އެއިރު މަންމަ އާއި ބައްޕަވީ ލާރިއެއް ލިބޭތޯ އާދޭސްކުރަން ގޮހެވެ. އެހެންކަމުން ކައިރީގައި އިނީ ތިމާގެ މީހެކެވެ. އެމީހުންގެ އަތުގައި ބިލް ދެއްކޭވަަރަށް ފައިސާ ނެތްކަމަށާއި ފައިސާ ލިބޭތޯ މަންމަ އާއި ބައްޕަ ގޮސްވެއްޖެކަމަށް ބުނުމުން އަންހެން ކުއްޖާ ރޮއިރޮއި އޮއްވާ ދަމާ ގެންގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ވެއްދުމަށްފަހު ގަދަކަމުން ޖިންސީ ގުޅުން ހިންގީއެވެ.

ފުލުހުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިފައެވެ.

ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި ފިރމީހާ އޮއްވައި ޑޮކްޓަރު އަމިއްލައަށް ގޮސް ބުނީ ފިރިމީހާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެމީހުންގެ އަތުގައި ފައިސާ ނެތްކަމަށް ބުނުމުން އޭނާ ޚަރަދުކުރާނެކަމަށް ބުނުމަށްފަހު އެދުނީ އޭނާއާއިއެކު ޖިންސި ގުޅުން ހިންގުމަށެވެ. އެކަމަށް ދެކޮޅު ހެދުމުން ވަނީ ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކޮށްފައެވެ.

އެ މައްސަލަ ކުރިމަތިވީ 30 އަހަރުގެ އަންހެނަކަށެވެ.
މިއަދު އޮންލައިން