ތުރުކީގަ ހުންނަ ރަސިއާ ސަފީރު، އެންޑްރޭ ކާލޯފްގެ ގައަށް ބަޑިޖަހާ މަރާލައިފިއެވެ. ސަފީރުގެ ގައަށް ބަޑިޖެހީ ތުރުކީގެ ވެރިރަށް އަންކާރާގައި މިއަދު ހުޅުވި މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަން ހުއްޓައެވެ.
ކޯޓުފަތުލޫނުގައި ހުރި މީހަކު ބަޑިޖަހަމުން ބުނީ އޭނާ ބަދަލު މިހިފަނީ ރަސީއާއިން ސީރިޔާއަށް ހަމަލާދީ މަރަމުން ގެންދާތީ އެކަމަށް ކަމަށެވެ.
ސީރިޔާގައި ރަސިއާ ސިފައިން ގިނަ އަދަދެއްގެ ސީރިޔާ ރައްޔިތުން މަރަމުން ގެންދާތީ އެކަމާއި ދެކޮޅަށް އިއްޔެ ވަނީ ގިނަ ބައަކު އަންކަރާގައި މުޒާހަރާކޮށްފައެވެ.
ފުލުހުން ބުނީ ހަމަލާދިން މީހާ އަތުލައިގަނެވިފައިވާ ކަމަށެވެ.