އަހަރެމެން މަރަމުން އަމާންކަމުގަ ތިބެވޭނެކަމަށް ހީނުކުރޭ- ތިބި ތަނަކުން ފަހަރަކު މީހަކު މަރާނަން- ރަސިއާ ސަފީރު މެރިމީހާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަހަރެމެން މަރަމުން އަމާންކަމުގަ ތިބެވޭނެކަމަށް ހީނުކުރޭ- ތިބި ތަނަކުން ފަހަރަކު މީހަކު މަރާނަން- ރަސިއާ ސަފީރު މެރިމީހާ

"އަހަރެމެން (މުސްލިމުން) މަރަމުން އަމާންކަމުގައި ތިބެވޭނެ ކަމަށް ހީނުކުރޭ. ތިބި ތަނަކުން ހޯދައި ފަހަރަކު މީހަކު މަރާނަން. ހަލަބަށް ތިދޭ ގެއްލުންތައް ހަނދާން ނައްތައި ނުލާ. ސީރިޔާ މަތިން ހަނޑާން ނައްތައި ނުލާ. އަހަރެމެންގެ އަވަށްތައް ސަލާމަތް ކުރެވެންދެން ކަލޭމަންނަށް ސަލާމަތް ކަމާއިއެކު އުޅެވޭނެ ކަމަށް ހީނުކުރޭ." މިއީ އިއްޔެ ތުރުކީގައި ހުންނަ ރަސިއާ ސަފީރުގެ ގައަށް ބަޑިޖަހައި މެރިމީހާ ބަޑިޖަހަމުން ބުނި ބަސްތަކެވެ.

ސަފީރުގެ ގައަށް ބަޑިޖެހީ މެވްލުޓް މަރޓް އަލްޓިންޓަސް ނަމަކަށް ކިޔާ އުމުރުން 22 އަަހަރުގެ ފަހުލަވާނެކެވެ. އޭނާއަކީ ތުރުކީގެ ރައީސް ޠައްޔިބް އުރްދްގާނަށް ތާއީދުކޮށް ބޭއްވި ރެލީތަކުގެ ސެކިޔުރިޓީ އޮފިސަރެއްގެ ގޮތުން އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ޒުވާނެކެވެ.

އިއްޔެ މަރައިލެވުނު ރަސިއާގެ ސަފީރަކީ ތުރުކީގައި މިފަދަ ގޮތަކަށް ހަމަލާދީ މަރައިލެވުނު ފުރަތަމަ ސަފީރެވެ. މިއަދަކީ ތުރުކީ އާއި ރަސިއާގެ މެދުގައި ސީރިޔާ އާއި އީރާނުގެ މައްސަލަތަކަށް މަޝްވަރާކުރަން ފަށަން ހަމަޖެހިފައި އޮތް ދުވަހެވެ. އެހެން ނަމަވެސް ސަފީރު މަރައިލުމުން ދެ ޤައުމުގފެ މެދުގައި އޮންނަ ގުޅުންތަކަށް މައްސަލަތަކެއް ކުރިމަތިވާނެއެވެ.

ސަފީރު މަރައިލި މީހާއަކީ އައިއެސްއަށް ނިބްބަތްވާ މީހެއް ކަމަކަށް ނުބެލެވެއެވެ. ބެލެވެނީ ސީރިޔާއަށް ރަސިއާ އިން ދެމުން ގެންދާ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދު ގިނަވަމުން އަންނާތީ އޭނާއަށް ކުރާ އަސަރު ކޮންޓްރޯލް ނުކުރެވުނީ ކަމަށެވެ.
މިއަދު އޮންލައިން