ޒިޔުރިކްގެ އިސްލާމީ މަރުކަޒެއްގަަ ނަމާދަށް ތިބި މުސްމިލުންނަށް ހަމަލާދީ 3 މީހަކު ޒަޚަމްކޮށްލައިފި
ދުނިޔޭގެ އެންމެ އަމާން ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސްވިޒަރލަންޑްގެ ޒިޔުރިކްގައި ހުރި އިސްލާމީ މަރުކަޒެއްގައި އިއްޔެ ހަވީރު ނަމާދަށް ތިއްބައި މީހަކު ބަޑިހިފައިގެން ވަދެ ބަޑި ޖަހައި 3 މުސްލިމަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ދީފިއެވެ.
ފުލުހުން ބުނީ މިހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން ،30 35 އަދި 56 އަަހަރުގެ 3 މީހުންނަށް ކަމަށެވެ.
އަދި ހަމަލާ ދިނީ 30 އަަހަރުގެ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
މިހަމަލާ ދިފައިވަނީ އެޤައުމުގެ ގަޑިން ހަވީރު 5:30 ހައިއިރުއެވެ. ސްވިޒަރލަންޑުގައި މިހާރު އިރުއޮއްސެނީ ހަވީރު 4:52 ގައެވެ. އެހެންކަމުން މުސްލިމުން ތިބީ މަޣްރިބް ނަމާދަށް ކަމަށް ބެލެވެއެވެ.
ހަމަލާދިން އިސްލާމިކް ސެންޓަރާއި ތަންކޮޅެއް ދުރުން މާރާލާފައި އޮތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނަމަވެސް އެއީ މިހަމަލާގައި ހަމަލާ ދެވުނު މީހެއްކަން އަދި ވަޤީނެއް ނުކުރެވެއެވެ.
ހަމަލާދިން މީހާ ވަނީ ހަމަލާދިނުމަށްފަހު ފިލައިފައެވެ.