ހަލްބުން ރައްޔިތުން ބޭލުމުގެ ކަންކަން ބަލަހައްޓާނެ ބައިނަލްއަޤްވާމީ އޮބްޒަރވަރުން ފޮނުވަން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހަލްބުން ރައްޔިތުން ބޭލުމުގެ ކަންކަން ބަލަހައްޓާނެ ބައިނަލްއަޤްވާމީ އޮބްޒަރވަރުން ފޮނުވަން ފާސްކޮށްފި

ހަލްބުގައި ތާށިވެފައި ތިބި ރައްޔިތުން ބޭލުމުގެ ކަންކަން ބަލަހައްޓާނެ ބައިނަލްއަޤްވާމީ އޮބްޒަރވަރުން ފޮނުވަން އދގެ ސެކިޔުރިޓީ ކައުންސިލުން ހޯމަ ދުވަހު ފާސްކޮށްފިއެވެ.

މިކަމަށް ނެގި ވޯޓު ރަސިއާ އިން ވީޓޯ ކުރާނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް މެންބަރުންގެ އަޣްލަބިއްޔަތުން ވޯޓު ފާސްވީ ރަސިއާ އިން ޤަރާރަށް ތާއީދުކުރުމުންނެވެ.

ސެކިޔުރިޓީ ކައުންސިލުން މިކަމަށް އިއްޔެ ފާސްކުރި އަރާރަކީ ފަރަންސޭސިވިލާތުން ޑްރާފްޓްކޮށް ހުށަހެޅި ޤަރާރެކެވެ. މިޤަރާރު ފާސްވުމުން އެނގިގެންދަނީ ހަލްބުގެ ހާލަތާއި ދުނިޔެ ކަންބޮޑުވާ މިންވަރެވެ.

ރަސިއާ އިން ވަނީ މީގެ ކުރިން ވެސް މިފަދަ ޤަރާރަކަށް ތާއިދުކޮށް ވޯޓުދީފައެވެ. ނަމަވެސް އެ ޤަރާރަށް އަމަލުކުރުމުގެ ފުރުޞަތު އެފަހަރު ރަސިއާއިން ދީފައެއް ނުވެއެވެ،
މިއަދު އޮންލައިން