ބަރލިންގެ ކްރިސްމަސް ބާޒާރަކަށް ލޮރީއެއް ވައްދާލައި 12 މީހުން މަރާލައިފި
ޖަރުމަން ވިލާތުގެ ބަރލިންގައި ކްރިސްމަސް އަށް ޚާއްޞަކޮށްގެން ފައްޅިއަކުން ހިންގަމުން ގެންދިއަ ބާޒާރަކަށް ލޮރީއެއް ވައްދާލައި 12 މީހުން މަރައި 48 މީހުން ޒަކަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެތަނަށް ވަދެގަތީ ގަސްދުގައިކަން ޔަޤީން ކުރެވޭ ކަމަށާއި ލޮރީގެ ޑްރައިވަރު ހައްޔަރުކުރެވިފައިވާ ކަމަށެވެ. އަދި މަރކޭޓަށް ވަދެގަތީ ޕޮލަންޑުގައި ރަޖިސްޓްރީކޮށްފައިވާ ޓްރަކެއް ކަމަށެވެ.
ޖަރުމަނު ސަރުކާރުން ބުނެފައިވަނީ މިއީ ކޮން ބައަކު ކީއްވެގެން ކޮން ބޭނުމަކު ކުރި ކަމެއްކަން އަދި ނުއެނގޭ ކަމަށާއި އިތުރު އެއްވެސް ވާހަކައެއް ހާމަކުރަން އަދި މާއަވަސް ކަމަށެވެ.
މަންޒަރު ފެނުނު ނޫސްވެރިން ބުނެފައިވަނީ ލޮރީ ވަދެގަތީ ވަަރަށް ބާރަށް ކަމަށާއި ބައެއް މީހުން މަރުވީ ލޮރީން ޖެހި ވިއްސައިގެން ގޮސް ކަމަށާއި އަނެއް ބައަކު މަރުވީ ލޮރީ ދަށުވެގެން ކަމަށެވެ.