މުހިންމީ ސަފީރު މެރިމީހާއެއް ނޫން: މަރަން ރޭވި މީހާ: ރަސިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މުހިންމީ ސަފީރު މެރިމީހާއެއް ނޫން: މަރަން ރޭވި މީހާ: ރަސިއާ
ތުރުކީގައި އިއްޔެ ރަސިއާ ސަފީރަށް ހަމަލާދީ މަރައިލި ހާދިސާ އާއި ގުޅިގެން މުހިންމީ ހަމަލާ ދިން މީހާ ނޫން ކަމަށާއި މުހިންމީ ހަމަލާ ދޭން ރޭވި މީހާ ކަމަށް ރަސިއާ އިން ބުނެފިއެވެ.

ރަސިއާގެ ރައީސް ޕުޓިން މިމޭރުމުން ވިދާޅުވުމަށްފަހު މިއަދުގެ ވަގުތެއްގައި މައްސަލަ އިތުރަށް ތަޙްޤީޤް ކުރެއްވުމަށް ޚާއްޞަ ރަސިއާގެ ޓީމެއް މިއަދު ފޮނުއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ތުރުކީން މިއަދު ވަނީ އިއްޔެގެ ހަމަލާ އާއި ގުޅުންހުރި ކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފައެވެ. ތުރުކީން ބުނެފައިވަނީ މި މައްސަލައިގައި ފުރިހަމަ ތަޙްޤީޤެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ސީރިޔާގައި ކޮންމެ ދުވަހަކު އެތައް ބައިވަރު މުސްލިިމުން މަރަމުން ގެންދާ މައްސަލައިގައި ރުޅި ގަދަވެ ޑާދިފަހުން ވަނީ ތުރުކީގައި ހުންނަ އެމެރިކާ އެމްބަސީއަށްވެސް މީހަކު ބަޑިން ހަމަލާތރަކެއް ދީފައެވެ.
މިއަދު އޮންލައިން