އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ކިޑްނީ ބަދަލުކުރެއްވުމަށްފަހު ގެއަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 53ސ
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ކިޑްނީ ބަދަލުކުރެއްވުމަށްފަހު ގެއަށް ވަޑައިގެންފި
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ކިޑްނީ ބަދަލުކުރެއްވުމަށްފަހު މިއަދު ގެއަށް ވަޑައިގެންފިއެވެ.

ސުޝްމާ އެއިމްސް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އޮޕަރޭޝަން ކުރީ 10 ވަނަ ދުވަހުއެވެ. ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އެކަމަނާގެ ހާލުކޮޅު ޢާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ. ސުޝްމާއަކީ ހަކުރު ބައްޔަށް ވެސް ބޭސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ސުޝްމާ ސްވަރާޖް ހޮސްޕިޓަލުގައި ހޭދަކުރެއްވި ދުވަސްތަކުގައިވެސް ހާލުކޮޅު ތަންދިން މިންވަރަކުން ގެންދެވީ ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ބައްލަވަމުންނެވެ. އަދި މަޝްވަރާ ދެއްވަންޖެހޭ ކަންކަމުގައި މަޝްވަރާވެސް ދެއްވަމުންނެވެ. މީގެ އިތުރުން އެކަމަނާއަށް ޢާންމުން ކުރާ ޓްވީޓްތަކަށްވެސް ޖަވާބު ދެއްވައި ކަންކަން ޙައްލުކޮށްދެއްވަމުންނެވެ.

ސުޝްމާ ސްވަރާޖް ގެކޮޅަށް ބަދަލުވެވަޑައިގެންނެވުމުން ގިނަ ބައަކު ގެންދަނީ އުފާފައުޅުކޮށް ތަހުނިޔާގެ މެސެޖުތައް އަރިސްކުރަމުންނެވެ.
މިއަދު އޮންލައިން