ކަރީނާ އާ ސައިފަށް ފިރިހެން ދަރިއެއް- ތައިމުރު ޢަލީ ޚާން ޕަތައުދި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ކަރީނާ އާ ސައިފަށް ފިރިހެން ދަރިއެއް- ތައިމުރު ޢަލީ ޚާން ޕަތައުދި
މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކަރީނާ ކަޕޫރަށާއި ސައިފް އަލީ ޚާނަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ.

ކަރީނާ ވިހެއީ މިއަދު ހެނދުނު މުމްބާއީގެ ބީޗް ކެންޑީ ހޮސްޕިޓަލުގައެވެ.

ކަރީނާ އާއި ސައިފަށް ލިބުނު މިއީ ފުރަތަމަ ދަރިފުޅެވެ. ދަރިފުޅު ލިބުމާއި ގުޅިގެން ދެމަފިރިން ހާމަކުރި ކުރު ބަޔާނުގައި ބުނެފައިވަނީ ހުރިހައި ކަންކަން ވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ސަޕޯޓަރުންނާއި ހެޔޮ އެދޭފަރާތްތަކުންނާއި މީޑިއާތަކުން ދިން ތާއީދަށާއި ހިތްވަރަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
މިއަދު އޮންލައިން