އެމްބަސީއަށް ހަމަލާ ދިނުމާ ރަސިއާ ސަފީރު މަރާލުމާއި ގުޅިގެން އެމެރިކާ އެމްބަސީ އާންމުންނަށް ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެމްބަސީއަށް ހަމަލާ ދިނުމާ ރަސިއާ ސަފީރު މަރާލުމާއި ގުޅިގެން އެމެރިކާ އެމްބަސީ އާންމުންނަށް ބަންދުކޮށްފި
ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާ ދިނުމާއި ރަސިއާ ސަފީރު މަރާލުމާއި ގުޅިގެން އެމެރިކާ އެމްބަސީ އާންމުންނަށް މިއަދު ބަނދުކޮށްފިއެވެ.

ބަންދުކުރީ ކިތައް ދުވަހަށްކަން އެމްބަސީން އަދި ހާމައެއް ނުކުރެއެވެ.

އެމްބަސީން ބުނީ ޢާންމު ރައްޔިތަކު އެމްބަސީގެ ބޮޑު ދޮރު ކައިރިއަށް އައިސް ބަޑިން ހަމަލާ ދިނީ ކަމަށާއި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށެވެ. އަދި އަންކަރާއަކީ ޑިޕޮލޮމެޓުންނަށް ސަލާމަތްތަނެއް ނޫން ކަމަށާއި އެމްބަސީތަކުގެ ރައްކައުތެރިކަން ކަށަވަރުކޮށް ދިނުމަށް ތުރުކީ ސަރުކާރުގައި ކުރިންވެސް އެދިފައިވާނެ ކަމަށެވެ.

ސީރިޔާގައި ކޮންމެ ދުވަހަކު އެމެރިކާގެ ގުޅިފައިވާ ލަޝްކަރުންނާއި ރަސިއާ އިން އެތައް ބައެއްގެ ބޮލަށް ބޮން އަޅައި މަރަމުން ގެންދާތީ ތުރުކީގެ ގިނަ ބައަކު ދަނީ ހިތްހަމަނުޖެހުން ފައުޅުކުރަމުންނެވެ. އެކަންކަމާއި ދެކޮޅަށް މަގުތަކުގައި ބޮޑެތި ރެލީތައްވެސް ބާއްވަމުންނެވެ.
މިއަދު އޮންލައިން