14 އަހަރުވަންދެން ކޮންގްރެސް ޕާޓީން ކާމިޔާބުކުރަމުން އައި ޗާންދިގަޅުގެ މުނިސިޕަލް ކައުންސިލް އިންތިޚާބު ތަފާތު ބޮޑު ކާމިޔާބަކުން ވެރިކަން ކުރާ ބީޖޭޕީ ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ.
މިއިންތިޚާބުގައި ސަރުކާރާއިއެކު މަސައްކަތްކުރީ އެސްއޭޑީ އިން ނެވެ. މިއެލަޔަންސުން ވަނީ ކައުންސިލުގެ 26 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބުކޮށްފައެވެ. ކޮންގްރެސް އަށް ކާމިޔާބުކުރެވުނީ އެންމެ 4 ގޮނޑިއެވެ.
19 ގޮނޑި ލިބުމުން މޭޔަރާއި ޑިޕިޔުޓީ މޭޔަރާއި އެހެންވެސް އިސް މަޤާމުތަކަށް މީހުން ހަމަޖެއްސުމުގެ ބާރު ލިބޭނެއެވެ.
އިންޑިއާގައި ބާއްވަމުން އަންނަ ހުރިހައި އިންތިޚާބުތަކެއްހެން މިހާރު ބީޖޭޕީން އަންނަނީ ކާމިޔާބުކުރަމުންނެވެ. ޗާންދިގަޅުގެ އިންތިޚާބު ބާއްވާފައި މިވަނީ ބޭންކުތަކުން ފައިސާ ނުލިބޭތީ ގިނަ ބައަކު ރުޅިގަދަވެފައިވާ ވަގުތެއްގައެވެ. އެހެންކަމާއިއެކުވެސް ސަރުކާރަށް އިންތިޚާބު ކާމިޔާބުކުރެވުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިންޑިއާގައި މިހާރު އޮތް ތާއީދުގެ ބޮޑުކަން ހާމަވެއެވެ.