އަންނަ ޖަނަވަރީ 26 ގެ ކުރިން ސިރިސޭނަ އަވަހާރަކޮށްލާނެ ކަމަށް ބުނާ ކަހީނުގެ މައްސަލަ ބަލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަންނަ ޖަނަވަރީ 26 ގެ ކުރިން ސިރިސޭނަ އަވަހާރަކޮށްލާނެ ކަމަށް ބުނާ ކަހީނުގެ މައްސަލަ ބަލަނީ!
އަންނަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގެ ކުރިން ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ އަވަހާރަކޮށްލާނެ މަށް ބުނާ ކަހީނުގެ މައްސަލަ ބަލަން ފުލުހުންގެ ކްރިމިނަލް އިންވެސްތިގޭޝަން ޑިޕާޓްމަންޓުން ފަށައިފިއެވެ.

މިހާރު ކަހީނަކަށް ހެދިގެން އުޅޭ މިމީހަކީ ސްރީލަންކާއަށް ރަޖީވް ގާނދީ 1987 ވަނަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައިފަލަކުން ރަޖީވް ގާނދީއަށް ހަމަލަދޭން މަސައްކަތްކުރި، އެއިރު ލަންކާގެ ނޭވީންތެރޭގައި މަސައްކަތްކުރަމުން ދިއަ ވިޖިތަންމުނި ރޮހަނަ ޑިސިލްވާއެވެ. އެކަމާއި ގުޅިގެން އޭނާ އަށް ވަނީ ގަޞްދުގައި މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ކުށުގައި ދެ އަހަރާއި ބައިގެ މުއްދަތުގެ ޖަލުހޫކުމެއް ތަންފީޒުކުރަން ޖެހިފައެވެ.

ޖަލުން ނުކުމެ ފުރަތަމަ އުޅުނީ ލަވަކިޔާށެވެ. ދެން އުޅުނީ ސިޔާސީ މީހަކަށް ވެގެންނެވެ. މިހާރު އޭނާއަކީ ރަމަލުޖަހައި ފާލުބަލާ ކަހީނެކެވެ.

އެނާގެ ފޭސްބުކުގައި ބުނަމުން ގެންދަނީ އަންނަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބައަކު ރައީސް ސިރިށޭނައަށް ހަމަލަދީ އަވަހާރަކޮށްލާނެ ކަމަށެވެ. އެހެންކަމުން އެކަމަކީ އޭނާ ބައިވެރިވެގެން ހިންގަން މަސައްކަތްކުރާ ކަމެއް ކަމަށް މިހާރު ވަނީ ތުހުމަތުކުރެވިފައެވެ.

ސްރީލަންކާގެ ރައީސުންނަކީވެސް ކަހީނުންގެ ބަސް ވަރަށް ޤަބޫލުކުރާ ބައެކެވެ. ސްރީލަންކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބު އެންމެފަހުން ބޭއްވީވެސް ބާއްވަންޖެހޭ ތާރީޚަށްވުރެ 2 އަހަރުކުރިންނެވެ. އެކަން އެގޮތަށް ކުރީވެސް ކަހީނަކު ރައީސް ރާޖަޕަކްސައަށް ދިން ލަފައަކާއި ގުޅިގެންނެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސިރިސޭނަ އެވެ.
މިއަދު އޮންލައިން