ކޮލޮމްބިއާގެ ކާގޯ ފްލައިޓެއް ވެއްޓި 4 މީހުން މަރުވެއްޖެއެވެ. ބޯޓު ވެށްޓުނީ 5 މީހުންނާއި ޖަރމަން އޮލަނޯ އެއާޕޯޓުން ފުރިތާ ދާދި ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
ފްލައިޓުން ދަތުރުކުރި 3 މީހަކު ވަނީ ވަގުތުން މަރުވެފައެވެ. ދިރިތިއްބާ ދެ މީހުން ސަލާމަތްކުރެވުނު ނަމަވެސް އެކަކު ވަނީ ހޮސްޕިޓަލަށް ގެންދިއަތަނާ މަރުވެފައެވެ.
ހާދިސާ އާއި ބެހޭ އިތުރު ތަފޞީލެއް އަދި ލިބިފައެއް ނުވެއެވެ.
މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. ބްރެޒިލްގެ ފުޓްބޯޅަ ކުޅުންތެރިން ގޮވައިގެން ކޮލަމްބިއާއަށް ދަތުރުކުރި ފްލައިޓެއް ވަނީ ދާދިފަހުން ވެށްޓިފައެވެ. އަދި ޕާކިސްތާން އެއާލައިންގެ ފްލައިޓެއްވެސް ވަނީ ވެށްޓިފައެވެ. އެހެންކަމުން މިއީ މަހެއްހައި ދުވަސްތެރޭ ވެށްޓުނު 3 ވަނަ ފްލައިޓެވެ.