ދުނިޔޭގެ އެންމެ ކެރޭ، ހިތްވަރުގަދަ، ޚިދުމަތްތެރި ނޫސްވެރިޔާ އުމުރުން 7 އަހަރުގެ ބަނާއަށް ތުރުކީގެ ރައީސް ބޮޑު ދޮނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުނިޔޭގެ އެންމެ ކެރޭ، ހިތްވަރުގަދަ، ޚިދުމަތްތެރި ނޫސްވެރިޔާ އުމުރުން 7 އަހަރުގެ ބަނާއަށް ތުރުކީގެ ރައީސް ބޮޑު ދޮނެއް!
ސީރިޔާގައި ހިނގަމުންދާ ބިރުވެރި ހަނގުރާމައިގައި ޖެހިލުމެއް ނެތި މަގުތަކަށް ނުކުމެ ސީރިޔާގެ ހާލަތު ޓްވީޓްކޮށް ދުނިޔެއަށް އަންގައިދެމުން ދިއަ ބަނާ އަލްއާބިދަށް ތުރުކީގެ ރައީސް އުރްސްގާން ބޮޑު ދޮނެއް ދެއްވައިފިއެވެ.

އުރްދްގާން މިއަދު މެންދުރު ވަނީ ރައިސްގެ ރަސްމީ ގެކޮޅުގައި ބަނާ އާއި އޭނާގެ ޢާއިލާ އާއި ބައްދަލުކުރައްވައިފައެވެ. ރައީސް އުރްދްގާން ވިދާޅުވީ ބަނާ އާއި އޭނާގެ ޢާއިލާ އާއި ބައްދަލުވެވަޑައިގަތުމުން ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ސީރިޔާ ރައްޔިތުން ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވާ ބޭފުޅެއް ކަމަށެވެ.

މިދިއަ ހަފްތާގައި ހަލްބުގެ ނުރައްކާތެރި ސަރަހައްދުތަކުން ސަލާމަތް ސަރަހައްދުތަކަށް ގެންދެވުނު 25،000 މީހުންގެ ތެރޭގައި ބަނާ އާއި އޭނާގެ އާއިލާ ހިމެނެއެވެ. ބަނާ އަވަށުން ސަލާމަތްވުން ދުނިޔޭގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ބަނާ ސަލާމަތްކުރެވުމުން ރައީސް އުރްދްޤާން ވަނީ ބަނާ އާއި އޭނާގެ އާއިލާ ތުރުކީއަށް ގެންނަވަން ބޭނުންފުޅުކަން ހާމަކުރައްވައިފައެވެ.

ބަނާގެ މަންމަ އަކީ ޓީޗަރެކެވެ. ޓްވީޓް ކުރަން ބަނާއަށް ދަސްކޮށްދީ އެކަމަށް ހިތްވަރުދެމުން ގެންދިއައީ މަންމައެވެ. ބަނާގެ ޓްވިޓަރ އެކައުންޓު ފޮލޯކުރާ މީހުންގެ އަދަދު ވަނީ 350،000 އަށް އަރައިފައެވެ.

ބޯޓުތައް އައިސް ބޮން އަޅާފައި ދާއިރަށް ނުވަތަ ބޮޑުބަޑިން ހަމަލާތައް ދީ ނިމޭއިރަށް ބަނާ ފޯނު ހިފައިގެން ނުކުމެ ހަމަލާގެ ވީޑިއޯ އާއި ފޮޓޯއަށް ގެންދިއައީ ޓްވީޓް ކުރަމުންނެވެ. ދުނިޔޭގެ ގިނަ މީޑިއާ ތަކަކުން ގެންދިއައީ ބަނާގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރަމުންނެވެ.

އެހެންކަމުން ބަނާ ވެފައިވަނީ ދުނިޔޭގެ އެންމެ ކެރޭ، ހިތްވަރުގަދަ، ޚިދުމަތްތެރި ހުޝިޔާރު ނުސްވެރިޔާއަށެވެ. އުމުރުން އެންމެ 7 އަހަރުގެ ކުއްޖަކު މިފަދަ ބޮޑު ޚިދުމަތެއް ނޫސްވެރިކަމަށް ކުރިކަން އެނގޭކަށް ނެތެވެ.
މިއަދު އޮންލައިން