ޖަޕާނުގެ ނިތާޓާ ރަށުގެ ކުޑަ އަވަށެއް ކަމަށްވާ އިޓޮއިގާވާގެ ރެސްޓޯރަންޓެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ނުކުރެވި ގޮސް 140 އިމާރާތުގައި ހިފައިފިއެވެ.
ވެރިރަށް ޓޯކިޔޯ އާއި 260 ކިލޯ މީޓަރު ދުރުގައި އޮތް މިއަވަށުގައި މިހައި ބާރުމިނުގައި އަލިފާން ފެތުރުނީ ޖެހެމުން ދިއަ ވައި ބާރުކަމުންނެވެ. މިހާދިސާ އާއި ގުޅިގެން 273 ގެއަކުން މީހުން ވަނީ ސަލާމަތް ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ފުލުހުން ބުނީ މިއަދު މެންދުރާއި ހަމައަށްވެސް އަލިފާން ނިއްވައި ނުލެވޭ ކަމަށާއި ނިއްވާރަކަށް އިތުރު ތަންތަނުގައި ރޯވަމުންދާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުނެއެވެ.