އެމެރިކާ- ޔަމަން ޔޫޓިޔުބް ސްޓާރއަކު އަރަބި ބަހުން ވާހަކަ ދެއްކުމުން ޑެލްޓާ ފްލައިޓަކުން ބާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެމެރިކާ- ޔަމަން ޔޫޓިޔުބް ސްޓާރއަކު އަރަބި ބަހުން ވާހަކަ ދެއްކުމުން ޑެލްޓާ ފްލައިޓަކުން ބާލައިފި
އެމެރިކާ- ޔަމަން ޔޫޓިޔުބް ސްޓާރއަކު އަރަބި ބަހުން ވާހަކަ ދެއްކުމުން ޑެލްޓާ ފްލައިޓަކުން ބާލައިފިއެވެ.

ޑެލްޓާ އެއާ ލައިނުން ބުނެފައިވަނީ އޭނާ ފްލައިޓުން ބޭލީ އަޑު އަހަން އުނދަގޫ ގޮތަކަށް ވާހަކަދެއްކުމުން ކަމަށެވެ.

2.2 މިލިއަން ސަޕޯޓަރުން ތިބި ޔޫޓިޔުބް ސްޓާރ، އާދަމް ސާލިހް ބުނީ ބުދަ ދުވަހު އޭނާ ޑެލްޓާ ފްލައިޓުގައި ލަންޑަނަށް ދިއުމަށް ފްލައިޓަށް އަރާ އިންދައި ފްލައިޓުން ބޭލީ އޭނާގެ މަންމަ އާއި ފޯނުން ވާހަކަ ދެއްކުމުން ކަމަށެވެ.

އާދަމް ސާލިޙް ބުނީ އެނާ ފްލައިޓުން ބޭލީ ފްލައިޓުގައި ތިބި މަދު ބައަކު މައްސަލަ ޖެއްސުމުން ކަމަށެވެ. "އަހަރެން ބުނިން ކަލޭމެންނަކީ ނަސްލީ އިމްތިޔާޒުގެ މީހުންނޭ. އިންސާނުންގެ ދަރަޖައިން ބޭރުވެގެން ތިބި ބައެކޭ. މުސްލިމެއްކަން އެނގޭއިރަށް ކުރެވުނު އަނިޔާއެއް ކުރަން ތިއަ ތިބެނީ ތައްޔާރަށޭ."

އާދަމް ސާލިޙް އާއި އެއްކޮޅަށް ފްލައިޓްގެ ގިނަ ބައަކު ވަނީ އަޑު އުފުލައިފައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީ އޭނާ ވަނީ ފްލައިޓުން ބާލައިފައެވެ. އެމެރިކާގެ އެއާލައިންތަކުން މިފަދަ އަމަލުތައްކޮށް މުސްލިމުންނަށް ގޯނާ ކުރުމަކީ ވަރަށް ޢާންމު ކަމެކެވެ.
މިއަދު އޮންލައިން