އެފްރިކާގެ ޤައުމުތަކުގައި ގިނަ ބައަކު މަރުވަމުން ދާ އެބޯލާ ވައިރަސް އާއި ދެކޮޅަށް އުފެއްދި ވެކްސިން ވަރަށް ކާމިޔާބު ކަމަށް ޑަބްލިޔޫއެޗްއޯ އިން ބުނެފިއެވެ.
ޑަބްލިޔޫއެޗްއޯ އިން މިއަދު ބުނެފައިވަނީ ވެކްސިން މިހައިތަނަށް 16.000 އަށްވުރެ ގިނަ މީހުންނަށް ދެވިފައިވާ ކަމަށާއި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އަދި މިހައިތަނަށް އީޖާދުކުރި ވެކްސިންތަކާ އަޅައި ބަލާއިރު ކާމިޔާބުކަން ބޮޑު ކަމަށެވެ.
އެބޯލާއަކީ މިހައިތަނަށް ފެނިފައިވާ މިފަދަ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު އެންމެ ގިނަ ބައަކު މަރުވެފައިވާ ބައްޔެވެ. މިފަދަ ބައްޔަކަށް ވެކްސިނެއް ހޯދުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޑަބްލިޔޫއެޗްއޯ އިން ވަނީ ޑެންގީއަށްވެސް ވެކްސިނެއް ހޯދައިފައެވެ. މިހާރު ދަނީ ފިލިޕިންސް އާއި ތައިލެންޑް ފަދަ ބޮޑެތި އާބާދީތަކުގައި ޓެސްޓްކުރަމުންނެވެ.