312،000 މީހުން މަރުވެ އަދި 4.8 މިލިއަން މީހުން ރިފިޔުޖީންނަށް ވެފައިވާ ހަލްބު މިނިވަންކޮށް ސަރުކާރުގެ ބާރުގެދަށަށް ގެންގޮސްފިއެވެ.
ހަލްބް މިނިވަން ކުރެވުނީ ގަދަ ފަދަ ހަމަލާތަކަކަށްފަހުއެވެ. އިދިކޮލު ޖަމާއަތްތަކުން ހަލްބަށް ވެރިވެފައިވާތާ 6 އަހަރު ފަހުންނެވެ. ހަލްބުގައި އެންމެފަހުން ތިބި މީހުން ވަނީ 4 ބަހުގައި ސަލާމަތް ސަރަހައްދުތަކަށް ގެންގޮސްފައެވެ.
ސީރިޔާ ޓީވީން ހަލްބު މިނިވަން ކުރެވުނުކަން އިއުލާން ކުރީ އެންމެން ސަރަހައްދުން ނެރުމަށްފަހުގައެވެ. ހަލްބް މިނިވަން ކުރެވުމުން ސަރުކާރު ސިފައިން ވަނީ ކާމިޔާބީ ފާހަގަކޮށް މައްޗަށް ބަޑިޖަހައި އުފާ ފައުޅުކޮށްފައެވެ.
ޙަލްބުގެ ހުރިހައި ރައްޔިތުން މިހާރު ވަނީ ސަރަހައްދުތަކަށް ގެންދެވިފައެވެ. ނަމަވެސް އަދިވެސް ފިލައި ހަނގުރާމަވެރިން ތިބެދާނެކަމަށް ބަލައި ސަރުކާރުގެ ސިފައިން ގެންދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ސީރިޔާގެ އާބާދީ އަކީ 23 މިލިއަން މީހުން ކަމަށް ބެލެވޭއިރު ސީރިޔާގައި ކުރިއަށްދާ ހަނގުރާމަތަކުގެ ސަބަބުން 7 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ވިއްސި ވިހާލިވެފައެވެ.