270.33 ކުރޯޑް ރުޕީސް އާއިއެކު ސަލްމާން ޚާން ޝާހްރުކަށްވުރެ ފޯބްސް ލިސްޓްގެ އެންމެ މުއުސަނދި 100 ސެލިބްރިޓީންގެ ލިސްޓުގައި ކުރިއަށް ޖެހިލައިފިއެވެ.
އިންޑިއާގެ އެންމެ މުއުސަނދި 100 ތަރިންގެ އަތުގައި ހުރި ޖުމުލަ މުއްސަނދިކަން ކަމުގައި ބަލާފައިވަނީ 2745 ކުރޯޑް ރުޕީސް އެވެ.
ސަލްމާން ޚާންގެ މުއްސަނދިކަން 270 ކުރޯޑަށް އަރާފައިވާއިރު ޝާހު ރުކުގެ މުއްސަނދިކަން ބަލާފައިވަނީ 221 ކުރޯޑު ރުޕީސްގައެވެ.
މިލިސްޓުގައި ދެން އެންމެ ފާހަކަކުރެވެނީ ސްކިޕަރ ވިރަޓް ކޮހްލި އާއި އަކްޝޭ ކުމާރާއި އެމްއެސް ދޯނީ އެވެ.
ތަރިންގެ މުއްސަނދިކަން ޢާންމުގޮތެއްގައި ބަލަނީ އެމީހުން ޑިކްލިޔަރކުރާ އަދަދުތަކުންނެވެ. އެހެންކަމުން ތަރިންގެ ހަޤީޤީ މުއްސަނދިކަން ދެނެގަތުމަކީ އެހައި ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ.