ޑިޖިޓަލް މަނީ ޓްރާންސްފަރ އަށް މޯދީ 340 ކުރޯޑް ރުޕީސްގެ އިނާމު ދެއްވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޑިޖިޓަލް މަނީ ޓްރާންސްފަރ އަށް މޯދީ 340 ކުރޯޑް ރުޕީސްގެ އިނާމު ދެއްވަނީ!
ކްރިސްމަސް ދުވަސް މާދަމާ ފާހަގަކުރާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެވަޑައިގަންނަވާނީ އަޖައިބެއް ފަދަ ސެންޓާ ކްލައުސްއަކަށެވެ.

މާދަމާ މޯދީ އިއުލާނު ކުރައްވާނެ އެއް ސްކީމަކީ "ގްރަހަކް ރޮޖަނަ" ސްކީމް އެވެ. މި ސްކީމްގެދަށުން ކުރިއަށް އޮތް 100 ދުވަސް ވަންދެން ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޓިޓަލް މަނީ ޓްރާންސްފަރގެ ބޭނުންކުރާ ފަރާތްތަކަށާއި ފައިސާ ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު 15،000 މީހުންނަށް ކޮންމެ ދުވަހަކު 1،000 ރުޕީސްގެ އިނާމެއް ލިބޭނެއެވެ. އަދި ކޮންމެ ހަފްތާއަކު 7 ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 100،000 ރުޕީސްގެ އިނާމެއް ދޭނެއެވެ.

ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑިޖި ދާން ވްޔަޕާރި ޔޮޖްނާ ގެ ދަށުން 50،000 ރުޕީސް ލިބޭ 7000 ނަޞިބުވެރިން ކޮންމެ ހަފްތާއަކު ހޮވާނެއެވެ.

މީގެ އިތުރުން އެޕްރިލް މަހު ބާއްވާ ގްރާންޑް ލަކީ ޑްރޯގައި ހޮވޭ ފަރާތަކަށް 1 ކްރޯޑް ރުޕީސް އާއި 50 ލައްކަ ރުޕީސް އާއި 25 ލައްކަ ރުޕީސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއިނާމުތައް ދިނުމަށް ހަމަޖެހިފައިވަނީ ކޮންޒިޔުމަރުންނަށެވެ. އަދި އެދުވަހު ވިޔަފާރިވެރިންނަށް ،50 25 އަދި 5 ލައްކަ ރުޕީސްގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ލަކީ ޑްރޯތަކުގައި ބައިވެރިވެވެނީ 50 ރުޕީސް އިން ފެށިގެން 3،000 ރުޕީސް އާއި ދެމެދުގެ އަދަދުތަކުން ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކަށެވެ.

މޯދީ ބޭނުންފުޅުވަނީ ވީހައި ގިނަ ބައަކު ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށެވެ. އެއީ ކަޅު ފައިސާ އިން ޤައުމު ސަލާމަތް ކުރުމަށެވެ.
މިއަދު އޮންލައިން