ކިޑްނީ ސަލާމަތްކުރަން މަސައްކަތްކުރުމުގެ އެވޯޑް ރައީސް ސިރިސޭނާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކިޑްނީ ސަލާމަތްކުރަން މަސައްކަތްކުރުމުގެ އެވޯޑް ރައީސް ސިރިސޭނާއަށް!
ކިޑްނީގެ ބަލިތަކުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރުމުގެ އެވޯޑް ނެފްރޮލޮޖިސްޓުންގެ ބައިނަލްއަޤްވާމީ ޖަމިއްޔާއިން ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނައަށް އަރުވައިފިއެވެ.

މިއެވޯޑް ރައީސް ސިރިސޭނައަށް އަރުވާފައިވަނީ ސްރީލަންކާގައި އެކަމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ ރައީސް ޕްރޮފެސަރ އަދީރާ ލެވިސް އެވެ. މިއެވޯޑް އެރުވީ ސްރީ ލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކިޑްނީގެ ބަލިތަކުން ރައްޔިތުން ސަލާމަތް ކުރެއްވުމަށް ރައީސް ސިރިސޭނަގެ ސަރުކާރުން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހަމައެއާއިއެކު ކިޑްނީ ނަގައި ވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށްވެސް ރައީސް ސިރިސޭނާގެ ސަރުކާރުން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސްރީލަންކާ ފަޤީރުންގެ ކިޑްނީ ނަގައި ވިއްކުމުގެ އިތުރުން އިންޑިއާ އިން މީހުން ގެނެސް ސްރީލަންކާގެ ހޮސްޕިޓަލްތަކުގައި ކިޑްނީ ނެގުމުގެ މައްސަލަތަކެއް މިހާރުވެސް ގެންދަނީ ބަލަމުންނެވެ.

ގުޅުންހުރި ވީޑިއޯ
މިއަދު އޮންލައިން