ސްރީ ލަންކާގެ ދަނޑުވެރިން އަތުން ހަނޑު ގަތުމަށްފަހު ބޮޑުއަގުގައި ވިއްކުމަށް ހަނޑޫ ފޮރުވަމުން ގެންދާތީ ސްރީ ލަންކާގެ ސަރުކާރުން ހަނޑޫ އެތެރެކުރަން ނިންމައިފިއެވެ.
ސަރުކާރުން ބުނީ އަހަރަކު ލަންކާއަށް ބޭނުންވަނީ 2.7 މިލިއަން ޓަނުގެ ހަނޑޫ ކަމަށާއި މިއަހަރުވެސް 2.7 މިލިއަން ޓަނުގެ ހަނޑޫ އުފެއްދުނު ކަމަށެވެ. އެހެންކަމުން ހަނޑޫ ފޮރުވައި އަގު ބޮޑުކުރަންޖެހެންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
ސަރުކާރުން ބުނީ މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރުވެސް 10،000 ޓަނުގެ ހަނޑުލަށް އޯޑަރުކޮށްފައިވާނެ ކަމަށާއި އަދިވެސް އޯޑަރުކުރާނެ ކަމަށެވެ. ބޭރުން އެތެރެކުރާ ހަނޑޫ ކިލޯއެއް 50 ރުޕީސް އާއި 60 ރުޕީސް އާއި ދެމެދުގެ އަގުތަކަށް ވިއްކާނެ ކަމަށެވެ.
ލަންކާގައި ޑޮލަރުގެ އަގުހުރި ގޮތަށް ބަލާއިރު މިއީ ގާތްގަނޑަކަށް ޑޮލަރަކަށް 2.5 ކިލޯ ހަނޑުލެވެ.