މަރުވެގެން އެންމެފަހުގެ އަޅުކަންކޮށް ކޯރަށް ދޫކޮށްލި އަންހެނަކު 40 އަހަރުފަހުން އެނބުރި އަތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މަރުވެގެން އެންމެފަހުގެ އަޅުކަންކޮށް ކޯރަށް ދޫކޮށްލި އަންހެނަކު 40 އަހަރުފަހުން އެނބުރި އަތުވެއްޖެ!
އިންޑިއާގެ ކާންޕޫރު އަވަށުގައި މީގެ 40 އަހަރުކުރިން މަރުވެގެން އެންމެ ފަހުގެ އަޅުކަން އަދާކުރުމަށްފަހު ގަންގާ ކޯރުގައި އޮޔާލި އަންހެނަކު 40 އަހަރު ފަހުން އެނބުރި ގެއަށް އަތުވެއްޖެއެވެ.

މިހާރު 82 އަހަރުވެފައިވާ އަންހެން މީހާ މިދިއަ ހުކުރު ދުވަހު (އިއްޔެ) އެނާ ގެއަށް އައިސް ދޮރުމަތީގައި ހުއްޓުމުން އޭނާގެ ދެ އަންހެން ދަރިންނަސް ލިބުނީ ކުއްލި ސިހުމެކެވެ. ފެނުނީ އަޖައިބެއް ފަދަ މަންޒަރެކެވެ.

"މަންމަ ބުނީ މަންމަގެ ފަޔަށް ބްލެކް ކޯބްރާއެއް ވިހަލީ ކަމަށް. ދެން ވީގޮތެއް ނޭނގެ. ހޭއެރިއިރު ވީގޮތެއްވެސް ނޭނގެ. ކަންކަން ވީ ގޮތް މިއެނގުނީ އަދިކިރިޔާ."

މަންމަގެ ވާހައިން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑު ކޯރަށް ދޫކޮށްލީ ފުރާނަ ހުއްޓައެވެ. އެހެންކަމުން ބޯޓެއްގައި ދިއަ ބައަކު ހަށިގަނޑު ނެގީއެވެ. ގެންގޮސް ފައްޅިއަކާއި ހަވާލުކުރީއެވެ.

މަންމަ އެނބުރި އައުން ލަސްވީ މަންމަގެ މާޒީ ހަނދާން ނެތުމުންނެވެ. މާޒީ ހަނދާންވެ ކަންކަން ވީގޮތް އެނގުމުން އެނބުރި ގެއަށް އައީއެވެ.

މަންމަގެ ގައިގައި ޚައްޞަ ފާހަގައެއް އިންނާތީީ ދަރިންނަށް މަންމަ ވަރަށް ރަނގަޅަށް ވަކިކުރަން އެނގެއެވެ. އެހެންކަމުން އޭނާއަށް މިހާރު ވަނީ އޭނާގެ ދެ ދަރިން ލިބިފައެވެ. ދެ ދަރިްނނަށް ވަނީ މަންމަ ލިބިފައެވެ. 40 އަހަރު ފަހުންނެވެ. މަންމަ "މަރުވެގެން" އޮޔަލީ 1976 ވަނަ އަަހަރުއެވެ.
މިއަދު އޮންލައިން