މިލާދީ އައު އަހަރު ފެށެން ދާދި ކައިރިވެފައިވަނިކޮށް ޕާކިސްތާނުން އިންޑިއާއަށް ބޮޑު ހަދިޔާއެއް ދޭން ނިންމައިފިއެވެ.
މިގޮތުން ދޭން ހަމަޖެއްސީ ޕާކިސްތާނުގެ ޖަލުތަކުގައި ތިބި އިންޑިއާ މަސްވެރިންގެތެރެއިން 439 މީހުންނެވެ. މީގެ ތެރެއިން 219 މީހުން މިއަދު އިންޑިއާ އާއި ހަވާލުކުރާނެއެވެ. ބާކީ ތިބި މީހުން ހަވާލުކުރާނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
މިކަން ޕާކިސްތާނުގެ ބައެއް ނޫސްތަކުން ހާމަކުރި ނަމަވެސް މިއެންމެން ދޫކުރަނީ ކީއްވެގެންކަމެއް ނުބުނެއެވެ.
ޖައްމޫ ކަޝްމީރުގެ މައްސަލައިގައި ދެ ޤައުމުގެ މެދުގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ވަގުތެއްގައި ޕާކިސްތާނުން މިފަދަ އަމަލެއް ކުރަނީ ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.