މާފުށި ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މާފުށި ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް ފަށައިފި
މާފުށީ ޖަލުން ކޮންމެ އަހަރުކުވެސް އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016" ފަށައިފިއެވެ.

މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗް ރޭ މާލޭ ޕްރިޒަން އާއި ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު ޕްރޮގްރާމްސް އެންޑް އޮފެންޑާ ފުރަތަމަ މެޗް ކާމިޔާބުކުރިއެވެ.

މާފުށި ޖަލުން ކުރިއަށްގެންދާ ވޮލީބޯޅަ މުބާރާތްތުގައި ފުރަތަމަ މެޗް ޕްރޮގްރާމްސް އެންޑް އޮފެންޑާގެ ޓީމް ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ. މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރޮގްރާމްސް އެންޑް އޮފެންޑާގެ ހުސައިން ފަޒީލްއެވެ. މި މުބާރާތުގައި ޖުމްލަ ހަތް ޓީމް އަކުން ވާދަކުރެއެވެ.

ވާދަކުރާ ޓީމުގެ ތެރޭގައި ހިމެނެނީ މާލޭ ޕްރިޒަން އާއި ޕްރޮގްރާމްސް އެންޑް އޮފެންޑާ އާއި އައްސޭރި ޕްރިޒަން އާއި އީއެސްޖީ އާއި ޓީމް އެޗްކިއު އާއި ސެކިއުރިޓީ ޔުނިޓްގެ އިތުރުން ޕްރިޒަނަރ މެނޭޖްމަންޓް އެވެ.

މިއަދު އޮންލައިން