މިތުން އިންޑިއާގެ ރަޖްޔާ ސަބްހާގެ މެންބަރުކަމުން އިސްތިއުފާ ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މިތުން އިންޑިއާގެ ރަޖްޔާ ސަބްހާގެ މެންބަރުކަމުން އިސްތިއުފާ ދީފި
މަޝްހޫރު ފިލްމީތަރި މިތުން ޗަކްރަބޯތީ އިންޑިއާގެ މަތިގެ، ރަޖްޔާ ސަބްހާގެ މެންބަރުކަމުން އިސްތިއުފާދީފިއެވެ. މިތުން އިސްތިއުފާދެމުން ބުނީ އިސްތިއުފާދިނީ ޞިއްޙީ ސަބަބުތަކަށްޓަކައި ކަމަށެވެ.

މިތުން ފިލްމީ ދާއިރާ ދޫކޮށް މަތިގޭގެ މެންބަރަކަށްވެފައިވަނީ 2014 ވަނަ އަހަރުއެވެ. ދައުރު ހަމަވާނީ 2020 ވަނަ އަހަރުއެވެ.

2014 ވަނަ އަހަރު އެޕްރިލް މަހު މަތިގެއަށް މިތުން ނޮމިނޭޓް ކުރެއްވީ ވެސްޓްބެންގާލްގެ ޗީފް މިނިސްޓަރު ހަމާތާ ބެނަރޖީ އެކަމަނާގެ އޯލް އިންޑިއާ ތްރިނަމޫލް ކޮންގްރެސް އިންނެވެ.

މިތުން އަކީ ކުރިން ވަރަށް މަޝްހޫރު ތަރިއެއް ނަމަވެސް ގިނަ ބައަކު މިހާރު ބުނަނީ މިތުންގެ ތަރި އޮއްސިފައިވާ ކަމަށެވެ. އަދި ސިޔާސީ ހަޔާތްވެގެންދިއައީ ތަރި އޮއްސެން ކުރިމަތިވި އެންމެ ބޮޑު އެއް ސަބަބަށް ކަމަށެވެ.
މިއަދު އޮންލައިން