އިޒްރޭލުގެ ގޮތް ދޫނުކުރުމުގެ ސަބަބުން އިޒްރޭލު އެކަހެރިވާނެ: ކެރީ
އިޒްރޭލުގެ ގޮތް ދުނުކުރާ ސިޔާސަތުތަކުގެ ސަބަބުން އިޒްރޭލު އެކަހެރިވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީވަޒީރު ޖޯން ކެރީ އެމެރިކާއަށް އިންޒާރުތަކެއް ދެއްވައިފައެވެ.
ޖޯން ކެރީ ވިދާޅުވީ އިޒްރޭލުން އަމަލުކުރަމުން ގެންދާ ސިޔާސަތުތަކުގެ ސަބަބުން ޑިމޮކްރަސީގެ ކުނޑިފަށެއްވެސް އިޒްރޭލުން މިހާރު ނުފެންނަ ކަމަށެވެ. އެހެންކަމުން ދުނިޔެ އިން އިޒްރޭލު ބަލައި ގަތުގައި މައްސލަތައް ކުރިމަތިވާނެ ކަމަށެވެ.
ޖޯން ކެރީ ވިދާޅުވީ އިޒްރޭލުން އަތުލައިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިތުރަށް ގެދޮރު އަޅައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ އިޒްރޭލުން ކުރަމުން ގެންދާ އެއްވެސް އިންޞާފެއް ނެތް އަމަލުތަކެއް ކަމަށެވެ.
ކެރީ ވިދާޅުވީ އިޒްރޭލަށް ވެސް ޖެހޭނީ ދުނިޔޭގެ ގޮވާލުންތަކަށް އިޖާބަދޭން ކަމަށާއި އެހެން ނޫންނަމަ އެހެން ޤައުމުތަކުން އިޒްރޭލާއިމެދު ދެކޭގޮތް އަންނާނީ ތަފާތުވަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާނީ އިޒްރޭލަށް މައްސލަތައް ކުރިމަތިވަމުން ކަމަށެވެ.
އިޒްރޭލަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފަލަސްޠީނު ބަލައިގަތުން ކަމަށާއި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖައްސައިގެން ނޫނީ މެދުއިރުމަތީގައި އެއްވެސް ހަަމނުޖެހުމެއް ނުއޮންނާނެ ކަމަށްވެސް ކެރީ ވަނީ ވިދާޅުވެފައެވެ.