ސްރީލަންކާގެ އެއާޕޯޓުފީ ފަންސާސް ޑޮލަރަށް ބޮޑުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ސްރީލަންކާގެ އެއާޕޯޓުފީ ފަންސާސް ޑޮލަރަށް ބޮޑުކޮށްފި
ސްރީލަންކާގެ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓު ފީ އެއްގެ ގޮތުގައި ނަގަމުންދިޔަ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރަން ނިންމައިފިއެވެ.

ސްރީލަންކަންގެ ރާއްޖޭގެ ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ މިއަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ.

ލަންކާ އެއާޕޯޓުން ފުރާ މީހުންގެ އަތުން ކުރިން ނަގަމުންދިޔަ އެއާޕޯޓު ފީ 30 ޑޮލަރުން 50 ޑޮލަރަށް ބަދަލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ލަންކާ ސަރުކާރުން މިގެނައި ބަދަލާ ގުޅިގެން އެގައުމުގެ އެއާޕޯޓުން ފުރާ ބައިނަލް އަގުވާމީ ކޮންމެ ޕެސެންޖަރަކު އިތުރަށް 29 ޑޮލަރު ދައްކަން ޖެހޭނެއެވެ.
މިއަދު އޮންލައިން