ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ފުރަތަމަ ރޯވިން މިބާރާތް އަންނަ އަހަރު މާޗުމަހު ބާއްވާ ގިތަށް ނިންމައިފިއެވެ.
ރޯވިން އެސޯސިއޭޝަނުން ވިދާޅުވީ އެ މުބާރާތް އޮންނާނީ އަންނަ އަހަރުގެ މާޗު އިން 15 އަށް އައްޑޫ ސިޓީގައި ކަމަށެވެ. އެހެން ކަމުން މުބާރާތުގައި ބައިވެރިވުމަށް މިހާރުވަނީ ޢާއްމުކޮށް ހުޅުވާލާފައި ކަމަށްވެސް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނައަހަރު ފެބުރުއަރީމަހުގެ ތޭރަވަނަ ދުވަހުގެ ކުރިން އެކަން ލިޔުމުން އަންގައި ދިނުމަށް އެ އެސޯސިއޭޝަނުން ވިދާޅުވެފައިވެއެވެ.
މުބާރާތަށް ތައްޔާރުވުގެ ގޮތުން ޓީމްތައް ތަމްރީން ކުރުމަށް އެސޯސިއޭޝަނުގެ އެހީތެރިކަން ކަނޑައެޅިފައިވާ އުޞޫލުން ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އިތުރު ތަމްރީންތައް ބޭނުންވާ ޓީމްތަކަށް ވަކިވަކި ކޯޗުން ހަމަޖެއްސުގެ އިޚްތިޔާރު ކޮންމެ ޓީމަކަށްވެސް ލިބިގެންވާނެއެވެ. މުބާރާތުގައި ބައިވެރިވުގެ އެންޓްރީ ފޯރމް އާއި ޤަވާޢިދު ބައިވެރިވުމަށް އެދޭފަރާތްތަކަށް އެ އެސޯސިއޭޝަނުން ފޯރުކޮށްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ވާދަކުރެވޭނީ، އަންހެން އަދި ފިރިހެން ޑަބަލްސްގައެވެ. ބައިވެރިވާކޮންމެ ކެޓަގަރީއަކުން ކޮންމެ ޓީމެއްގައި މަދުވެގެން ރިޒާވަރަކާއިއެކު 3 އެތުލީޓުން ބައިވެރިވާން ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިތާރީޚީ މުބާރާތުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވެލެއްވުމަކީ އެ އެސޯސިއޭޝަނުގެ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ. މުބާރާތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9690432 ނުވަތަ 9631918 އަށް ގުޅުއްވުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.